ކ. މާލެ
|
1 ޖެނުއަރީ 2020 | ބުދަ 21:03
ޅައިމަގުން ހޯދި މަސްތުވާތަކެތި
ޅައިމަގުން ހޯދި މަސްތުވާތަކެތި
ޕޮލިސް
ރާއްޖެ - މަސްތުވާތަކެތި
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ޅައިމަގު 5 ގެއެއް ބަލާ ފާސްކޮށް 3 މީހަކު ހައްޔަރު ކޮށްފައި
 
މައްސަލަ ފުލުހުން ދަނީ ތަހުޤީގު ކުރަމުން
 
ހައްޔަރުކުރި 3 މީހުންނަކީވެސް ދިވެހިން
 
މި މައްސަލައިގައި ހައްތަރު ކޮށްފައިވަނީ 3 ފިރިހެނުން

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ށ. ޅައިމަގު 05 ގެއެއް ބަލާ ފާސްކޮށް 03 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ 31 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޅައިމަގުގައި ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި 05 ގެއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގަ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގަ ގެތައް ބަލާ ފާސް ކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފަ ހުރި، އަދި ވިޔަފާރި ކުރުމަށްޓަކައި ބޭނުންކުރާ ޒާތުގެ 171 ސެލޯފަންކޮޅާއި 30 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރާއި 33 އަހަރާއި 29 އަހަރުގެ 3 ފިރިހެނުން ކަމަށާއި، މި އެންމެންނަކީވެސް ދިވެހިން ކަމަށެވެ.

މި މައްސަލައިގަ ހައްޔަރުކުރި މީހުންގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، މި މައްސަލަ ފުނަދޫ ޕޮލިސް ސްޓޭޝަނުން ތަހުޤީޤު ކުރަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް