ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 22:28
ޕީޖީ ޝަމީމު - ޝަމީމް ވިދާޅުވީ އަދުލު އިންސާފު ކަށަވަރު ކޮށްދޭނެ ކަމަށް
ޕީޖީ ޝަމީމު - ޝަމީމް ވިދާޅުވީ އަދުލު އިންސާފު ކަށަވަރު ކޮށްދޭނެ ކަމަށް
ރައީސް އޮފީސް
ޕީޖީ
މަޑުމަޑުން އިތުބާރު ހޯދާ ޢަދުލު އިންސާފު ކަށަވަރު ކޮށްދޭނަން: ޕީޖީ
 
ޝަމީމް މިހެން ވިދާޅުވީ 13 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ ވިހެއި މައްސަލައާ ގުޅިގެން އެކުއްޖާގެ ބެލެނިވެރިންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހުން ފޮނުވުމާއި ގުޅިގެން

މަޑުމަޑުން އިތުބާރު ހޯދައި ޢަދުލު އިންސާފު ކަށަވަރު ކޮށްދޭނެ ކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ އެ ކުއްޖާ ވިހެއި މައްސަލައާއި ގުޅިގެން އެ ކުދިންގެ ބެލެނިވެރިންގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް އަންގާރަ ދުވަހު ޕީޖީ އޮފީހުން ވަނީ ހުށަހަޅާފަ އެވެ. އެކަމާގުޅިގެން ޕީޖީ އޮފީހުން ކޮށްފައިވާ ޓުވީޓެއްގަ ބުނެފައިވަނީ 13 އަހަރުގެ ކުއްޖަކު ވިހެއި މައްސަލައިގަ އެކުއްޖާގެ 2 ބެލެނިވެރިންގެ ތެރެއިން އަންހެން މީހާގެ މައްޗަށް 4 ދަޢުވާ އުފުލާފައިވާ ކަމަށާއި، ފިރިމީހާގެ މައްޗަށް އެއް ދަޢުވާކޮށް އަންގާރަ ދުވަހު ކުރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަަމަށެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޑުމަޑުން އިތުބާރު ހޯދާ އަމާންކަމާއި ރައްކާތެރިކަމާއި ޢަދުލުއިންސާފު ކަށަވަރު ކޮށްދޭނެ ކަމަށެވެ.

13 އަހަރު ކުއްޖާގެ މައްސަލަ ފަޅާއެރީ ދީނީ ހަރުކަށި ފިކުރުމުގެ ބައެއްގެ މެދުގައި މިފަހުން ހިނގި ހަމަނުޖެހުމެއްގައި ދޯންޏެއްގެ ތެރޭގައި ޒަޚަމްކޮށްލި ޒުވާނާ ކަމަށްވާ ހައްމާދުގެ މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ. މިމައްސަލާގައި ހައްމާދުގެ މައްޗަށްވެސް ދަޢުވާ ކުރަން ކޯޓަށް ވަނީ ފޮނުވާފަ އެވެ.

އެދަޢުވާ އުފުލި ޚަބަރު ޓުވީޓު ކުރައްވާ ޕީޖީ ޑިސެންބަރ މަހުގެ 25 ވަނަ ދުވަހު ވިދާޅުވީ ސަކަރާތް ޖެހުމެއް ނެތް ކަމަށެވެ. " ވީ އާ ސީރިއަސް" މިހެންނެވެ.

ޕީޖީ ކަމާއި ޝަމީމް ޙަވާލުވެވަޑައިގެންނެވި ފަހުން ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް ރިވިއު ކުރުމަށްވެސް ނިންމަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް