ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 22:33
ރައީސް ސޯލިހު ބޭރަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ރައީސް ސޯލިހު ބޭރަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު
ރައީސް، ލަންކާ އަށް ވަޑައިގެންފި
 
ޗުއްޓީ ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވަނީ ހުކުރު ދުވަހު
 
އައިލާ ބައެއް ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ ލަންކާ ގައި
 
މީގެ ކުރިންވެސް ލަންކާ އަށް ދަތުރުފުޅެއް ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އަހަރީ ޗުއްޓީ ހޭދަކޮށްލެއްވުމަށް އަންގާރަ ދުވަހު ލަންކާއަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ޞާލިޙު ލަންކާއަށް ވަޑައިގަންނަވާނީ ހަތަރު ދުވަހަށެވެ. ޗުއްޓީ ނިންމަވާލެއްވުމަށް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ހުކުުރު ދުވަހުއެވެ.

ރައީސްގެ ޢާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ ސްރީ ލަންކާގައެވެ. މި އަހަރުގެ ކުރީކޮޅުވެސް ރައީސް ވަނީ ލަންކާ އަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.

ވެރިކަމާއި ޙަވާލުވެވަޑައިގަތް ފަހުން ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ދަޢުވަތަކަށް ރައީސް ޞާލިޙު އެ ޤައުމަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި ރައީސް ޞާލިޙު ވަނީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް