ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 19:28
ގުޅީފަޅު ތަރައްގީގެ ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް
ގުޅީފަޅު ތަރައްގީގެ ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް
ރާއްޖެއެމްވީ
ގުޅީފަޅު މަޝްރޫޢު
ގުޅީފަޅު މަޝްރޫޢު: ފުލެޓު ލިބުނު މީހުން ބޭނުންވަނީ ޢަދުލުވެރި ބަދަލެއް
 
ހުރިހާ ދެރައެއް ލިބުނީ ރައްޔިތުންނަށް
 
ބަދަލުދޭން ކަލްކިއުލޭޝަން ހަދާނެ ގޮތެއް ނޭނގޭ
 
ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނު

ގުޅިފަޅުން ފުލެޓު ގަތް ފަރާތްތަކުން ބޭނުންވަނީ ޢައަދުލުވެރި ބަދަލެއް ކަމަށް ފުލެޓު ގަތް ފަރާތްތަކުން ބުނެފިއެވެ.

އަންގާރަ ދުވަހު އުނިމާ ގްރޭންޑުގަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅިފަޅުން ފުލެޓު ގަތް ފަރާތްތައް ތަމްސީލުކުރާ ''ފޯކަލް ޕޮއިންޓް'' އެއްގޮތުން މުޙައްމަދު މޫސާ ބުނީ ގުޅިފަޅުން ފުލެޓު ގަތުމަށް ފައިސާ ދެއްކި މީހުންނަށް ގެއްލުންވީ މާލީ ގޮތުން އެކަނި ނޫން ކަމަށާއި، ނަފުސާނީ ގޮތުން ވެސް ބޮޑެތި ގެއްލުން ތަކެއް ލިބުނު ކަމަށެވެ.

މުޙައްމަދު މޫސާ ބުނީ ގެއްލުމުގެ ބަދަލުދޭން ހިސާބު ހަދާނެ ގޮތެއް ވެސް ނޭނގޭ ކަމަށާއި، މިހާރު ޑިމާންޑު ކުރާނީ މިހާރުގެ އަގަށް ކަމަށެވެ. ނަމަވެސް އިވެންސްޓް ކުރި ފައިސާގެ އިތުރުން ގެއްލުމުގެ ބަދަލުގައި މިހާތަނަށް ދާއިރު ކުލީގެ ގޮތުގައި ކަނޑައަޅަންޖެހޭނެ އުޞޫލެއް ކަނޑައަޅައި އެކަށީގެންވާ ވަކި ބަދަލެއް ދޭންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ އަޅުގަނޑުމެން ޑިމާންޑްކޮށްފައި އޮންނާނީ އެގޮތަށްށޭ. މެދު މިނުގެ ބަދަލެއް އެހިސާބުން ލިބޭ. އެއީ އަޅުގަނޑުމެން އިވެންސްޓް ކުރި ފައިސާގެ އިތުރުން ގެއްލުމުގެ ބަދަލުގައި މިހާތަނަށް ދާއިރު ކުލީގެ ގޮތުގައި ކަނޑައަޅަންޖެހޭނެ އުސޫލުތަކަކީ މިއޭ އަޅުގަނޑުމެން ބޭނުންވާ ބޭނުންވުމަކީ. އެހެންވީމަ އެގޮތަށް އަޅުގަނޑު ދަންނަވާލާފަ ވާނެ.
މުހައްމަދު މޫސާ

ގުޅީފަޅުގެ މަޝްރޫއު ފަށާފައިވަނީ 2010 ވަނަ އަހަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައި އޮތީ 2016 ވަނަ އަހަރުގެ ނިޔަލަށެވެ.

ފުލެޓު ތަރައްޤީކުރުމަށްޓަކައި 2010 ވަނަ އަހަރު ގުޅީފަޅު ތަރައްޤީ ކުރާ ގްލޯބަލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ) އިން ފުލެޓުގަތުމަށް ފައިސާ ހޯދާފައިވާ އިރު ގާތްގަނޑަކަށް 158 ފަރާތެއްގެ އަތުން 35 މިލިއަން ރުފިޔާ ދައްކައިފައި ވެއެވެ. މިފައިސާ ހޯދުމުގައި އެގްރީމެންޓް ކުރެވިފައިނުވާ އިރު ބައެއް ފަރާތްތަކުގެ އަތުގައި ފައިސާ ދެއްކިކަމުގެ ރިސިޕްޓުވެސް ނެތެވެ.

ރައީސް ނަޝީދުގެ ސަރުކާރު 2012 ވަނަ އަހަރުގައި ނިމުމަކަށް އައުމަށްފަހު އެތައް ދުވަހަކަށް ގުޅިފަޅުގެ މަޝްރޫޢުގެ މަސައްކަތް ހުއްޓިގެންދިޔަ އެވެ. މި ހުއްޓުމާއެކު ޢިމާރާތްކުރަމުން އައި ފުލެޓުތަކުގެ މަސައްކަތްތަވެސް ހުއްޓުމަކަށް އައެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުން އެއްބަސްވުން ބާޠިލުކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 06 ވަނަ ދުވަހުއެވެ.

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ގުޅިފަޅުން ފުލެޓު ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ހުޅުމާލެއިން ފުލެޓު ދޫކުރާނެ ކަމަށް ބުނި ނަމަވެސް އެފަރާތްތަކަށް ފުލެޓު ދީފައެއް ނުވެއެވެ. މިއީ ، ގުޅިފަޅުގެ ފުލެޓުތަކަށް ފައިސާ ދެއްކި މީހުންގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް