ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 18:42
އެމްއެމްއޭ-ރަސްމީ ރިޒާވް އިތުރުވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތާއި އިމާރަތްކުރުމުގެ ސިނާއަތް ކުރިއެރުން
އެމްއެމްއޭ-ރަސްމީ ރިޒާވް އިތުރުވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތާއި އިމާރަތްކުރުމުގެ ސިނާއަތް ކުރިއެރުން
މުހައްމަދު ޝަރުހާން
އެމްއެމްއޭ
ރާއްޖޭގެ ރަސްމީ ރިޒާވް 752 މިލިއަން ޑޮލަރަށް: އެމްއެމްއޭ
 
އަންނަ އަހަރު ބެލެވެނީ ރާއްޖޭގެ އިގްތިސާދަށް ފަހި އަހަރެއްގެ ގޮތުގައި ކަމަށް އެމްއެމްއޭ އިން ބުނޭ
 
2020 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް މިހާރު ލަފާކުރެވިފައި ވަނީ 863 މިލިއަން ޔޫއެސް ޑޮލަރުގައި
 
މިއީ ކުރިން ލަފާކުރި އަދަދަށްވުރެ 117 މިލިއަން ޔޫއެސް ޑޮލަރު އިތުރު އަދަދެއް

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 752 މިލިއަން ޔޫއެސް ޑޮލަރަށް އަރާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ މިއީ ކުރިން ލަފާކުރި ޢަދަދަށްވުރެ އިތުރު ޢަދަދެއް ކަމަށެވެ. 2020 ވަނަ އަހަރުގެ ބަޖެޓުގައި 2019 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް ލަފާކުރި ޢަދަދަކީ 635 މިލިއަން ޔޫއެސް ޑޮލަރެވެ. އެހެންކަމުން މިއީ ކުރިން ލަފާކުރި ޢަދަދަށްވުރެ 117 މިލިއަން ޔޫއެސް ޑޮލަރު އިތުރު ޢަދަދެކެވެ.

ގްރޮސް ރިޒާވް ރަނގަޅުވެފައިވާ މައިގަނޑު އެއް ސަބަބަކީ ފަތުރުވެރިކަމުން ލިބުނު ޢާމްދަނީ އިތުރުވެ އިޤްތިޞާދީ ދުވެއްޔަށް ލިބުނު ކުރިއެރުމާއި ގުޅިގެންކަމަށް އެމްއެމްއޭ އިން ބުނެއެވެ.

2020 ވަނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވް ހުންނާނެ ކަމަށް މިހާރު ލަފާކުރެވިފައި ވަނީ 863 މިލިއަން ޔޫއެސް ޑޮލަރުގައެވެ. އަންނަ އަހަރުގެ ރަސްމީ ރިޒާވް އިތުރުވާނެ ކަމަށް ބެލެވޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތާއި ޢިމާރަތްކުރުމުގެ ސިނާޢަތް ކުރިއެރުން ހިމެނެއެވެ.

2020 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިއެރުން ހުންނާނެކަމަށް ލަފާކުރެވޭ މިންވަރަކީ %9.6 އެވެ. މިކަމުގެ ސަބަބެއްކަމުގައި ބެލެވެނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ހުޅުވިގެންދިޔުމާއި، އަލަށް ހުޅުވޭނެކަމަށް ބެލެވޭ ރިސޯޓުތަކުން ފަތުރުވެރިކަމުގެ ސިނާޢަތައް ލިބޭނެ ކުރިއެރުމެވެ.

މީގެ އިތުރުން 2020 ވަނަ އަހަރު ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއެކު ޢިމާރާތްކުރުމުގެ ދާއިރާ %9.3 ކުރިއަރާނެކަމަށް ބެލެވެއެވެ.

އަންނަ އަހަރު ބެލެވެނީ ރާއްޖޭގެ އިޤްތިޞާދަށް ފަހި އަހަރެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
67%
11%
0%
17%
6%
ކޮމެންޓް