ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 13:41
ހދ. ކުޅުދުއްފުށި
ހދ. ކުޅުދުއްފުށި
ޓްވިޓަރ
ކުޅުދުއްފުށި
ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދީފި
 
އާބާދީ 10،000 އަށް އަރާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު
 
މިއީ ކުޅުދުއްފުށީގެ ގިނަ ރައްޔިތުންތެކެއް އެދެމުން އައި ކަމެއް
 
މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓަކުން

އެކެއް ޖެނުއަރީން ފެށިގެން ހދ. ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައެވެ.

ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް ސޯލިޙުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، އާބާދީގައި 10،000 މީހުން ހަމަވެއްޖެނަމަ އެ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވިގެންދާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ނިންމަވާފައިވާއިރު، ލާމަރުކަޒީ ގާނޫނުގެ ދަށުން، ހދ. ކުޅުދުއްފުށީގައި ދެން އެންމެ އަވަހަކަށް ބޭއްވޭ އިންތިހާބު ވާންޖެހޭނީ ސިޓީ ކައުންސިލްގެ އިންތިހާބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުޅުދުއްފުށި ކައުންސިލްގެ ރައީސްވެސް ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޓީ ކައުންސިލްތަކުގެ ގޮނޑިތަކާއި ދާއިރާތައް އިއުލާން ކުރިއިރު، ކުޅުދުއްފުށި ރަށު ކައުންސިލްގެ ބަދަލު ސީޓީ ކައުންސިލެއް އިއުލާން ކޮށްފައިނުވާތީ ކުޅުދުއްފުށި ރައްޔިތުންނާއި ކައުންސިލުން ވަނީ ނުރުހުންފާޅުކޮށްފައެވެ. އެގޮތުން ސިޓީ ކައުންސިލަކަށް ވޯޓުލުން ނޫން އެހެން ގޮތެއް ކުޅުދުއްފުށި ރައްޔިތުން ބޭނުން ނުވާކަމަށް ކައުންސިލުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް