ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 12:24
ހާދިސާ ހިނގިކަމަށް ބުނާ \"އާރާސްތު ބޯޓު\"
ހާދިސާ ހިނގިކަމަށް ބުނާ "އާރާސްތު ބޯޓު"
ރާއްޖެ އެމްވީ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ
ބޯޓެއްގެ ފަޅުވެރިޔަކު ކުޑަކުއްޖަކާ ބެހެން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ
 
މިހާރު އެފަޅުވެރިޔާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި
 
ފަޅުވެރިޔާ ޖިންސީ ގޯނާކުރަން މަސައްކަތްކުރީ ދިހަ އަހަރު ނުފުރޭ ކުޑަކުއްޖަކާ!

ބޯޓެއްގައި މަސައްކަތްކުރާ ފަޅުވެރިޔަކު، ނިދަން އޮތް ކުޑަކުއްޖަކާ ބެހެން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ، އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގުޅީފަޅު ކައިރިންނެވެ. އެ ބޯޓު އޭރު އައީ މާލެއަށް ދަތުރުކުރަމުންނެވެ. އެކުއްޖާގެ އާއިލާގެ ފަރާތުން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ބުނެފައިވަނީ، އެފަޅުވެރިޔާ ޖިންސީ ގޯނާކުރަން މަސައްކަތްކުރީ ދިހަ އަހަރުގެ ކުއްޖަކަށް ކަމަށެވެ.

މައުލޫމާތު ދިން ފަރާތުން ބުނީ، އެފަޅުވެރިޔާ ފުރަތަމަ އަނިޔާކުރަން މަސައްކަތްކުރީ، އެކުއްޖާ ކައިރީގައި ނިދާފައި އޮތް ދައްތައަށް ކަމަށެވެ. ނަމަވެސް، އެކުއްޖާ ތެދުވެގެން ދިޔުމުން ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރަން މަސައްކަތްކުރީ ކަމަށެވެ.

ބޯޓު މާލެ ގާތްކުރުމުން، ކުޑަކުއްޖާއަށް ޖިންސީ އަނިޔާކުރަން އުޅު ފަޅުވެރިޔާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ އެކުދިންގެ މަންމައެވެ.

މި ހާދިސާ ހިނގާފައިވަނީ، ތ. ތިމަރަފުއްޓަށް ނިސްބަތްވާ "އާރާސްތު ބޯޓު" ގައެވެ. ރާއްޖެއެމްވީއަށް މައުލޫމާތުދިން ފަރާތުން ވަނީ، އެބޯޓުގެ އެހެން ފަޅުވެރިންވެސް މިކަން މާބޮޑު މައްސަލައަކަށް ނަހަދާ ދޫކޮށްލަން އެދުނު ކަމަށް ތުހުމަތުކޮށްފައެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފުލުހުންގެ ކޮމެންޓެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަކީ، ޖިނާއީ ބޮޑެތީ ކުށެއްގެ ގޮތުގައި ދަރަޖަކުރެވިފައިވާ ކުށެކެވެ. އަދި މިފަދަ އަމަލެއްގައި ބައިވެރިވާ ފަރާތްތަކުގެ ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި، ކުށް ސާބިތުވެއްޖެނަމަ 7 އަހަރާއި 17 އަހަރާ ދެމެދުގެ ޖަލު ހުކުމް އާދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
22%
0%
7%
52%
0%
19%
ކޮމެންޓް