ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 01:40
އެމްޕީއެލްގެ ސީއީއޯ
އެމްޕީއެލްގެ ސީއީއޯ
ޔޫސުފް ސޮފްވާން ރަޝީދު
އެމްޕީއެލް
އެމްޕީއެލް އިން އެމްއެމްޕީއާރުސީއަށް ދޫކުރި ފައިސާ އެމްއެމްޕީއާރުސީއަކު ނެތް
ޝާހިދު ވިދާޅުވީ އެމްއެމްޕީއާރުސީން އެމްޕީއެލްއަށް 87 މިލިއަން ރުފިޔާ އަދިވެސް ނުދައްކާކަމަށް
މިހާރުގެ އަންޑަސްޓޭންޑިން އަކީ އެމްއެމްޕީއާރުސީން އެފައިސާ ކޮންމެސް އެއްގޮތަކަށް އެމްޕީއެލްއަށް ދައްކަން ވާނެކަމަށް ޝާހިދު ވިދާޅުވި
އެމްއެމްޕީއާރުސީން އެމްޕީއެލްއަށް ފައިސާތަކެއް ދައްކަން އޮތް މައްސަލަ ފަޅާ އެރީ، ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް އެކުލަވާލެއްވި އޮޑިޓް ރިޕޯޓަކުން

ޑޮލަރު ގަތުމަށްކަމަށްބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ދީފައިވާ ފައިސާ އެމްއެމްޕީއާރުސީގައި ނެތްކަމަށް އެކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެމްއެމްޕީއާރުސީން އެމްޕީއެލްއަށް 87 މިލިއަން ރުފިޔާ އަދިވެސް ނުދައްކާކަމަށެވެ. އެމްއެމްޕީއާރުސީ އަށް ފައިސާ ވަނުމަށްފަހު އެހެން ޗެކް ތަކެއް ހެދިގެން އެފައިސާ އެމްއެމްޕީއާރުސީން ބޭރުވެފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.

މިމައްސަލާގައި އެމްޕީއެލްއިންވަނީ އެމްއެމްޕީއާރުސީ އާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ޝާހިދު ވިދާޅުވީ އެމައްސަލަ ކޯޓުގައި ކުރިޔަށް ދަނިކޮށް ފިނޭންސް މިނިސްޓްރީ މެދުވެރިވެގެން އެ މައްސަލަ ހައްލުކުރާނެ ގޮތަކާމެދު ވާހަކަ ދެއްކިކަމަށެވެ. އެފައިސާ އެމްޕީއެލް އަށް ލިބޭނެ ގޮތަކާމެދު ކޯޓުން ބޭރުގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ކޯޓުން މައްސަލަ ނެގުމަށް ފިނޭންސުން އެންގިކަމަށް ޝާހިދު ވިދާޅުވި އެވެ.

އެހެންވީމާ އެގޮތަށް މަސައްކަތް މިދަނީ. ކޮންމެ ގޮތެއްވިޔަސް އެމްއެމްޕީއާރުސީއަކު ނެތް އެފައިސާއެއް. އެމްޕީއެލްއިން ނެގި ފައިސާއެއް. އެފައިސާ އެމްއެމްޕީއާރުސީން ވަނީ ބޭރަށް ގޮސްފައި. އެހެންވީމާ އެމްއެމްޕީއާރުސީއަށް އެފައިސާ ދެއްކެން އޮތީ ކޮންމެސް އެހެން ގޮތަކަށް އެމްއެމްޕީއާރުސީން އެފައިސާ ހޯދައިގެން. މިހާރުގެ އަންޑަސްޓޭންޑިން އަކީ އެމްއެމްޕީއާރުސީން އެފައިސާ ކޮންމެސް އެއްގޮތަކަށް އެމްޕީއެލްއަށް ދައްކަވަން ވާނެކަމަށް.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ

އެމްއެމްޕީއާރުސީން އެމްޕީއެލްއަށް ފައިސާތަކެއް ދައްކަން އޮތް މައްސަލަ ފަޅާ އެރީ، ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް އެކުލަވާލެއްވި އޮޑިޓް ރިޕޯޓަކުންނެވެ. އެ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ނަގައިގެން ޑޮލަރު ހޯދުމުގެ މުއާމަލާތްތަކެއް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ހިންގަވައިފަ އެވެ.

އެގޮތުން އެމްޕީއެލް އިން ފަސް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ އެމްއެމްޕީއާރުސީގެ ނަމުގައި ދަރަންޏެއްގެ ގޮތުގައި ނަގާފައި ވަނީ ހަތަރު މަސް ދުވަހުން އެ ފައިސާ ޑޮލަރުން ދައްކާ ގޮތަށެވެ. އަދި އެ ފައިސާ އޭރުގެ ޓޫރިޒަމް މިނިސްޓަރާއި އެ ފަރާތުގެ މަސްލަހަތު ހިމެނޭ ފަރާތަކަށް ވަނީ ދޫކޮށްފައި ކަމަށް އޮޑިޓްގައިވެ އެވެ.

މިމައްސަލަޔާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޠައްޔިބު މުޙައްމަދު ވިދާޅުވެފައިވަނީ، އެމްޕީއެލްއަށް ދައްކަންޖެހޭ 6.3 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް އެކުންފުންޏަށް ދައްކާފައިވަނީ ހަތްހާސް އަށްސަތޭކަ ހަތް ހާސް ޑޮލަރު ކަމަށާއި، އިތުރަށް 5.5 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. އެމްޕީއެލް އިން އެފައިސާ ދެއްކުމަށް އެދެމުންދާ ކަމަށާއި ނަމަވެސް އެފައިސާ ދައްކާނެ ވަރަށް އެމްއެމްޕީއާރުސީގައި ފައިސާ ނެތްކަމަށް ތޮއްޔިބް ވަނީ ވިދާޅުވެފަ އެވެ.

- ކޮމެންޓް