ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 22:42
ފުލުހުންގެ މައި އިދާރާ- ވައްކަން އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި
ފުލުހުންގެ މައި އިދާރާ- ވައްކަން އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި
މޯލްޑިވްސް ޓައިމްސް
ފުލުހުން
ފާއިތުވި 24 ގަޑިއިރު ތެރޭ ވައްކަމުގެ 10 މައްސަލަ، ވައްކަން އެންމެ ގިނައީ ހަވީރު
ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވައްކަން ކޮށްފައިވަނީ މަގުމަތިން
ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާލާއިރު ފާއިތުވި ފަސް އަހަރު ތެރޭގައި ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީވެސް މިއަހަރު

ފާއިތުވި 24 ގަޑިއިރު ތެރޭ ފުލުހުންނަށް ވައްކަމުގެ 10 މައްސަލަ އެއް ހުށަހަޅާފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ފާއިތުވި 24 ގަޑިއިރު ގެ ވައްކަމުގެ ތަފާސްހިސާބުތައް ހާމަކުރައްވަމުން ވިދާޅުވީ މިފަދަ ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާކަމަށާއި، މައްސަލަތައް ހުއްޓުވުމަށް ފުލުހުން އިތުރަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަަދި ޢާންމުން އެކަމަށް ސަމާލުވުމަށް ސީޕީ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ސީޕީ ހާމަކުރައްވާފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ހަވީރު 5 ން 6 ށެވެ. އަދި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވައްކަން ކޮށްފައިވަނީ މަގުމަތިންނެވެ. އެއީ 7 މައްސަލަ އެވެ. ފިހާރަ ނުވަތަ ގުދަނަކުން ވައްކަން ކޮށްގެން އެއް މައްސަލަ ހުށަހަޅާފައިވާއިރު ގެއަކަށް ވަދެގެން އެއް މައްސަލަ އަދި ގެއެއް ފަޅާލައިގެން ވަދެ ވައްކަންކޮށްގެން އެއް މައްސަލަ ވަނީ ހުށަހަޅާފައެވެ.

ހޯމަ ދުވަހު ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާލާއިރު ފާއިތުވި ފަސް އަހަރު ތެރޭގައި ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީވެސް މިއަހަރު އެވެ. އެއީ 4525 މައްސަލަ އެވެ.

- ކޮމެންޓް