ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 22:44
ފުލުހުންގެ މައި އިދާރާ- ވައްކަމުގެ މައްސަލަތައް މިއަހަރު ހުށަހެޅިފައިވާލެއް އިތުރުކަމަށް ތަފާސް ހިސާބުތަކުން ދައްކާ
ފުލުހުންގެ މައި އިދާރާ- ވައްކަމުގެ މައްސަލަތައް މިއަހަރު ހުށަހެޅިފައިވާލެއް އިތުރުކަމަށް ތަފާސް ހިސާބުތަކުން ދައްކާ
ގޫގުލް
ޕޮލިސް
މިއަހަރު އެންމެ ގިނައީ ވައްކަން ކުރުން!
މިއަހަރު ވައްކަމުގެ 4525 މައްސަލައެއް ވަނީ ހުށަހަޅާފައި
އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 1253 މައްސަލައިގެ އިތުރުވުމެއް
މިއަހަރު އެންމެ ގިނައިން ވައްކަމުގެ މައްސަލަތައް ހުށަހަޅާފައިވަނީ ސެޕްޓެމްބަރ މަހާއި އޮކްޓޯބަރ މަހު

މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މިއަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ވައްކަމުގެ 4525 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. މިއީ ފާއިތުވި ފަސް އަހަރާ އަޅާ ބަލާއިރުވެސް ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ހުށަހެޅި އަހަރުވެސް މެއެވެ. މިދިޔަ އަހަރު ހުށަހަޅާފައިވަނީ 3272 ވައްކަމުގެ މައްސަލައެވެ. މިއީ 1253 މައްސަލައިގެ އިތުރުވުމެކެވެ.

މިއަހަރު އެންމެ ގިނައިން ވައްކަމުގެ މައްސަލަތައް ހުށަހަޅާފައިވަނީ ސެޕްޓެމްބަރ މަހާއި އޮކްޓޯބަރ މަހުއެވެ. އެއީ 418 މައްސަލަ އެވެ. ދެން އެންމެ ގިނައިން ވައްކަމުގެ މައްސަލަތައް ހުށަހަޅާފައިވަނީ މިހިނގާ ޑިސެންބަރ މަހު އެވެ. އެއީ 417 މައްސަލަ އެވެ. އެންމެ މަދުން ވައްކަމުގެ މައްސަލަތައް ހުށަހަޅާފައިވަނީ މަރޗް މަހު އެވެ. އެއީ 271 މައްސަލަ އެވެ. ދެވަނަ އަށް އެންމެ މަދުން ވައްކަމުގެ މައްސަލަތައް ހުށަހެޅި ފެބްރުއަރީ މަހު ހުށަހަޅާފައިވަނީ 305 މައްސަލަ އެވެ.

މިއަހަރު ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓެވެ. އެއީ 2316 މައްސަލަ އެވެ. މިިދިޔަ އަހަރު ހުށަހަޅާފައިވަނީ 2007 ޓްރެފިކް އެކްސިޑެންޓުގެ މައްސަލަ އެވެ. ޓްރެފިކް އެކްސިޑެންޓް ގެ މައްސަލަތައް ފާއިތުވި ފަސް އަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ 2016 ވަނަ އަހަރު އެވެ. އެއީ 2241 މައްސަލަ އެވެ.

ޓްރެފިކް އެކްސިޑެންޓްގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައިވަނީ އޭޕްރީލް މަހު އެވެ. އެއީ 240 މައްސަލަ އެވެ. ދެން އެންމެ ގިނައިން ޓްރެފިކް އެކްސިޑެންޓް ރިޕޯޓް ކޮށްފައިވަނީ މަރޗް މަހު އެވެ. އެއީ 237 މައްސަލަ އެވެ. އެންމެ މަދުން ޓްރެފިކް އެކްސިޑެންޓް ރިޕޯޓު ކޮށްފައިވަނީ ނޮވެންބަރ މަހު އެވެ. އެއީ 123 މައްސަލަ އެވެ.

މިއަހަރު ތިން ވަނަައަށް އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެއީ 2168 މައްސަލަ އެވެ. ފާއިތުވި ފަސް އަހަރު މަސްތުވާތަކެތީގެ މައްސަލަތައް އެންމެ ގިނައިން ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަނީ 2016 ވަނަ އަހަރު އެވެ. އެއީ 2379 މައްސަލަ އެވެ.

މިއަހަރު އެންމެ ގިނައިން މަސްތުވާތަކެތީގެ މައްސަލަތައް ހުށަހަޅާފައިވަނީ މެއި މަހު އެވެ. އެއީ 225 މައްސަލަ އެވެ. އެއަށްފަހު ޖޫން މަހު އެވެ. އެއީ 209 މައްސަލަ އެވެ. އެންމެ މަދުން މަސްތުވާތަކެތީގެ މައްސަލަތައް ރިޕޯޓު ކޮށްފައިވަނީ އޮަގަސްޓުމަހު އެވެ. އެއީ 123 މައްސަލަ އެވެ.

މިއަހަރު ތެރޭގައި ހުށަހަޅާފައިވާ އެހެން މައްސަލަތަކުގެ ތަފާސްހިސާބު:

ގެވެށި އަނިޔާ: 220 މައްސަލަ

ތަކެތި ގެއްލިގެން : 1816 މައްސަލަ

މާރާމާރީ : 628 މައްސަލަ

ޖިންސީ ގޯނާ: 400 މައްސަލަ

ފޭރުން: 481 މައްސަލަ

ފައިސާއަށް ޚިޔާނާތްތެރިވުން: 490 މައްސަލަ

މުދަލަށް ގެއްލުންދިނުން : 462 މައްސަލަ

- ކޮމެންޓް