ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 19:17
ކިޔަވާ ކުއްޖަކު ގޮވައިގެން އޭނާގެ ބެލެނިވެރިޔާ ދަނީ
ކިޔަވާ ކުއްޖަކު ގޮވައިގެން އޭނާގެ ބެލެނިވެރިޔާ ދަނީ
ޝުއައިބް މުހައްމަދު އިގްބާލް
ތައުލީމު
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ޓީޗަރުން ހަމަވާނެ - އެޑިޔުކޭޝަން
 
އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހުރިހާ ސްކޫލްތަކަކަށް އަދި ޓީޗަރުން ހަމަނުވާކަމަށާއި ޓީޗަރުން ހަމަކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް

އަންނަ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ރާއްޖޭގެ ހުރިހައި ސްކޫލަކަށް ޓީޗަރުން ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ރާއްޖެ އެމްވީ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ހުރިހާ ސްކޫލްތަކަކަށް އަދި ޓީޗަރުން ހަމަނުވާކަމަށާއި ޓީޗަރުން ހަމަކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އެހެން ނަމަވެސް ދިރާސީ އާއަހަރުގެ ކިޔެވުން ފެށެން ވާއިރަށް ޓިޗަރުން ހަމަކުރުމަށް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިހާތަނަށް އައިއިރު ޓީޗަރުން ހަމަވެފައިވާ ސްކޫލްތަކާއި ހަމަވެފައިވާ ޢަދަދެއް މިނިސްޓްރީން ހާމައެއް ކޮށްފައެއް ނުވެއެވެ.

ޤާބިލު ދިވެހި ޓީޗަރުން ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި ރާއްޖެއިން ބޭރުންވެސް ޓީޗަރުން ހޯދުމަކީ ދިމާވެފައިވާ ދައްޗެއްކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން މީގެ ކުރިން ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް