ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 15:21
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
ޔޫސުފް ސޮފްވާން ރަޝީދު
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ބަނދަރުގެ ޖާގައިގެ ދަތިކަމާ ހުރެ ކަމާ ގުޅުން ހުރި ބައެއް މިންގަޑުތައް ތަންފީޒު ނުކުރެވޭ: ޝާހިދު
''ސޭފްޓީ ވީކް'' ކުރިޔަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުން މި ހަފްތާގެ ހޯމައަށް
އެކްސިޑެންޓް ނުހިނގާ ގޮތަށް ޕޯޓުގެ މަސައްކަތް ބައްޓަން ކުރުން މުހިއްމު: ޝާހިދު
ވޯކްޝޮޕް ތެރޭގައި ފެނުނު ގޯސް ކަންތައްތައް ރަނގަޅު ކުރަން ފިޔަވަޅު އަޅާނެ

މާލޭގެ ވިޔަފާރި ބަނދަރުގެ ވަޞީލަތްތަކާއި ޖާގައިގެ ދަތިކަމުގެ ސަބަބުން ސަލާމަތީ ބައެއް މިންގަނޑުތައް ތަންފީޒު ނުކުރެވޭ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެމްޕީއެލުން ކުރިޔަށް ގެންދިޔަ "ސޭފްޓީ ވީކް" ޙަރަކާތް ނިންމުމުގެ ރަސްމިއްޔާތުގަ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ޖާގައިގެ ގޮތުން ކުޑަ ބަނަދަރު ކުޑަ ނަމަވެސް، ސަލާމަތާއި ރައްކާތެރި ކަމައް އެކަށައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތައް ޢަމަލުކޮށް، އެއާއި އެގޮތަށް މަސައްކަތް ބައްޓަން ކުރަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ބަނދަރުގެ ވަޞީލަތްތަކާއި، ޖާގައިގެ ދަތިކަން ހުރިގޮތުން ސަލާމަތީ މިންގަނޑުތަކާއި އެއްގޮތައް ޢަމަލު ނުކުރެވޭ ކަމަށެވެ. އެކަމަކު އެކަން ޙުއްޖަތަކަށް ނަގައިގެން ސަލާމަތާއި ރައްކާތެރިކަން ދޫކޮށްލައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

މިހާރު އަޅުގަނޑުމެންނަށް ކުރެވެން ހުރި ސޭފްޓީގެ ގޮތުން އަޅުގަނޑުމެންނަށް ސްޓޭންޑަޑްގައި ގެންދެވެން ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަން ޖެހޭނެ. އެކަންތައްތައް ހަމަ ދެމެހެއްޓެނިވި ގޮތަށް އެ ޕޮލިސީތަކާއި ސްޓޭންޑަޑްތަކާއި އަޅުގަނޑުމެން ތަންފީޒު ކުރެވޭ ތަނަކަށް އަޅުގަނޑުމެން ހަދަން އެބަ ޖެހޭ.
ޝާހިދު އަލީ ~ އެމްޕީއެލްގެ ސީއީއޯ~

އެމްޕީއެލްގެ ޢަމާޒަކީ މުވައްޒަފުން ހިމެނޭ ގޮތަށް ޕޯޓުގެ ޚިދުމަތް ލިބޭ ހުރިހާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިވެ އަދި އެކަމަށް ހޭލުންތެރިވެ އެކްސިޑެންޓު ނުހިނގާ ގޮތަށް ޕޯޓުގެ މަސައްކަތް ބައްޓަން ކުރުން ކަމަށެވެ.

ޝާހިދު ވިދާޅުވީ، ''ސޭފްޓީ ވީކް'' އަކީ އެ ކުންފުނީގެ އެތެރޭގެ ޕޯޓްގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އެމްޕީއެލުން ބުނީ، މިފަދަ ޙަރަކާތެއްގެ މައިގަނޑު ބޭނުމަކީ އެމްޕީއެލް އަކީ ސަލާމަތާއި ރައްކާތެރިކަމުގެ ޘަޤާފަަތެއް ޤާއިމުވެފައިވާ ކުންފުންޏަކަަށް ހެދުން ކަމަށެވެ.

ޝާހީދު ވިދާޅުވީ، ވާރކްޝޮޕް ތެރެއިން ފާހަގަކުރެވުނު ކަންތައްތައް ރަނގަޅު ކުރުމަށް ރާވައިގެން ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށެވެ. އެމްޕީއެލްގެ ބަނދަރަކީ އެތަނުގެ މަސައްކަތުގެ ގޮތުން އޭގެ ޒާތުގައި އެކްސިޑެންޓުތަކާއި ހިތާމަވެރި ޙާދިސާތައް ހިނގުން ކައިރި ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވެ، ހިތާމަވެރި ޙާދިސާއެއް ނުހިނގާނެފަދަ ގޮތަށް މަސައްކަތް ބައްޓަން ކުރަން ޖެހޭ ކަމަށެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެމްޕީއެލުން ކުރިޔަށް ގެންދިޔަ "ސޭފްޓީ ވީކް" ނިންމުން ފާހަގަކުރުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ''ސޭފްޓީ'' ވީކްގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްފައިވެއެވެ.

- ކޮމެންޓް