ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 14:16
ހއ. ހޯރަފުށި އެއަރޕޯޓު
ހއ. ހޯރަފުށި އެއަރޕޯޓު
ރާއްޖެއެމްވީ
ހޯރަފުށި
އާ އަހަރު ފާހަގަ ކުރުމަށް ހޯރަފުށި އެއަރޕޯޓު ފެހި ކޮށްލަނީ
ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ޖެނުއަރީ ހަވީރު 5 ގައި
ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަށް ހޯރަފުށި ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ

އާ އަހަރު ފާހަގަ ކުރުމަށް ހއ. ހޯރަފުށި އެއަރޕޯޓުގައި އެއް ލައްކަ ގަސް އިންދުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހޯރަފުށި ކައުންސިލްގެ ރައީސް އަޙްމަދު އިމްދާޙު ވިދާޅުވީ މި ހަރަކާތަކީ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި އެރަށު ކައުންސިލްގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަން ރާވާފައިވާ ހަރަކާތެއް ކަމަށެވެ. އަދި މިއީ ހުރިހާ އިދާރީ ކުންފުންޏެއް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށެވެ.

މީގެ އިތުރުން އިމްދާހު ވިދާޅުވީ ގަސް އިންދުމަށް ހަމަޖެހިފައިވަނީ އެއަރޕޯޓުގެ ހޭޅިފަށުގައި ކަމަށާއި އަމާޒަކީ އެއަޕޯޓުގެ ހުރިހާ ސަރަހައްދެއް ފެހި ކުރުން ކަމަށެވެ. އަދި މިހާރުވެސް ވަރަށް ފޯރިޔާއި އެކު އެރަށުގެ ރައްޔިތުން ދަނީ ތައްޔާރީތައް ވަމުން ކަމަށާއި 2020 ވަނަ އަހަރު ފާހަގަ ކުރާނީ ގަސް އިންދުމުގެ ޕްރޮގްރާމާއިއެކު، އެއަރޕޯޓުގެ ފަސްގަނޑުގައި ކަމަށެވެ. އަދި މިހަރަކާތުން ރައްޔިތުންގެ އެއްބައިވަންތަކަން ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ހޯރަފުށި އެއަރޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި އެއް ލައްކަ ގަސް އިންދުމަށް ހަމަޖެހިފައިވަނީ 1 ޖެނުއަރީގެ ހަވީރު 05:00 ގައެވެ. ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަށް ހޯރަފުށި ކައުންސިލުން ވަނީ އެދިފައެވެ.

މި ހަރަކާތަކީ ހައިޑްސް، ފްރިގޭޓަރ، ޖޭއޭ މަނަފަރު ރިސޯޓުގެ އިތުރުން ރައްޔިތުންނާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

- ކޮމެންޓް