ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 12:14
ކޫއްޑޫ އެއަރޕޯޓަށް އެންމެ ފުރަތަމަ ޖެއްސި ޕްރައިވެޓް ޖެޓް- ފޮޓޯ: މުހައްމަދު އަލީ ޖަނާހު
ކޫއްޑޫ އެއަރޕޯޓަށް އެންމެ ފުރަތަމަ ޖެއްސި ޕްރައިވެޓް ޖެޓް- ފޮޓޯ: މުހައްމަދު އަލީ ޖަނާހު
ގޫގުލް
ކޫއްޑޫ އެއާރޕޯޓް
ކޫއްޑޫ އެއާރޕޯޓްގައި ފުރަތަމަ ފަހަރަށް ޕްރައިވެޓް ޖެޓެއް ޖައްސައިފި
ފުރަތަމަ ޖެޓް ޖެއްސީ އިއްޔެ މެންދުރު
އާ އަހަރާއެކު އިތުރު ޖެޓްތައް ޖައްސާނެ
ހުރިހާ ފެސިލިޓީއެއް ވަނީ ގާއިމު ކޮށްފައި

ގއ. ކޫއްޑޫ އެއާޕޯޓަށް ފުރަތަމަ ފަހަރަށް ޕްރައިވެޓް ޖެޓެއް ޖައްސައިފި އެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ކޫއްޑޫ އެއާރޕޯޓް ކުންފުނީގެ ސީއީއޯ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، ކޫއްޑޫ އެއާރޕޯޓަށް ފުރަތަމަ ޕްރައިވެޓް ޖެޓް އާދިއްތަ ދުވަހުގެ މެންދުރުދަހު 01:10 ގައި ޖައްސާފައިވާ ކަމަށެވެ. އަދި މިހާރު ކޫއްޑޫ އެއާރޕޯޓުގައި ޕްރައިވެޓް ޖެޓް ޖެއްސުމާއި ޕާކު ކުރުމުގެ ހިދުމަތާއެކު ހުރިހާ ހިދްމަތްތަކެއް ލިބެން ހުންނާނެ ކަމަށް ވެސް ޖަނާހު ވިދާޅުވި އެވެ.

ޖަނާހު ވިދާޅުވީ ޖެޓް ޖެއްސުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު، އާ އާހަރާއެކީ އިތުރު ޖެޓްތައް ކޫއްޑޫގައި ޖެއްސުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޖަނާހު ވިދާޅުވީ، ކުރިއަށް އޮތްތަކުގައި ކޫއްޑޫ އެއާރޕޯޓަށް އިތުރު ތަރައްގީތައް އަންނަމުންދާނެ ކަމަށެވެ.

ޖަނާހު އަކީ، ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާއާއި ފަތުރުވެރިކަމުގެ ފާހަގަކޮށްލެވޭ، ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިޔާ އެވެ.

ޖަނާހު ގެންދަވަނީ ކޫއްޑޫ އެއާރޕޯޓް ހިމެނޭ ރަށުގައި "މާކިއުއަ ކޫއްޑޫ ރިސޯޓް" ނަމުގައި ރިސޯޓެއް ހިންގަމުންނެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ރިސޯޓްތައް ހެދުމާއި، ހިންގުމުގައި ޖަނާހުގެ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ކުންފުނިން މިހާރުވެސް އިތުރު ޕްރޮޖެކްޓްތައް ހިންގަމުންދެ އެވެ.

ކޫއްޑޫ އެއާޕޯޓު ހުޅުވީ ކުރީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު ވެރިކަމަށް އަރާ ވަޑައިގެންނެވި، ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

- ކޮމެންޓް