ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 11:35
ރައީސް ސޯލިހު ބޭރަށް ކުރެއްވި ދަތުރު ފުޅެއްގެ ތެރެއިން
ރައީސް ސޯލިހު ބޭރަށް ކުރެއްވި ދަތުރު ފުޅެއްގެ ތެރެއިން
ރައީސް އޮފީސް
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު
އައު އަހަރުގެ ޗުއްޓީ ހޭދަކޮށްލެއްވުމަށް ރައީސް ސޯލިހު ލަންކާއަށް
 
މި އަހަރު ކުރީކޮޅު ރަސްމީ ދަތުރު ފުޅެއް ލަންކާ އަށް ކުރެއްވި
 
ފއާއިލާގެ ބައެއް ބޭ ފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ ލަންކާ ގައި
 
ލަންކާ އަށް ވަޑައިގަންނަވަނީ އަންގާރަ ދުވަހު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަހަރީ ޗުއްޓީ ހޭދަކޮށްލެއްވުމަށް އަންގާރަ ދުވަހު ލަންކާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް ކުރައްވަން ހަމަޖެހިފައިވާ ނުރަސްމީ ދަތުރުފުޅާއި ބެހޭ ގޮތުން ރައީސް އޮފީހުގެ އިސްބޭފުޅަކު ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ސޯލިހު ލަންކާއަށް ވަޑައިގަންނަވާނީ ހަތަރު ދުވަހަަށް ކަމަށެވެ. ޗުއްޓީ ނިންމަވާލެއްވުމަށް އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ހުކުުރު ދުވަހުއެވެ.

ރައީސްގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ ލަންކާގައެވެ. މި އަހަރުގެ ކުރީކޮޅުވެސް ރައީސް ވަނީ ލަންކާ އަށް ނުރަސްމީ ދަތުރުފުތަކެއް ކުރައްވާފައެވެ.

ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ދައުވަތަކަށް ރައީސް ސޯލިހު އެ ގައުމަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާއިވެސް ބައްދަލުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
55%
0%
0%
10%
35%
ކޮމެންޓް