ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 09:57
އުމަރު ނަސީރުއާއި ރައީސް ޔާމީން
އުމަރު ނަސީރުއާއި ރައީސް ޔާމީން
އަވަސް
އުމަރު ނަސީރު
ޕީޕީއެމުން ޕްރައިމަރީއެއް ބާއްވާފިއްޔާ، ޔާމީންވެސް ބަލިކުރާނަން: އުމަރު
 
ޕްރައިމަރީއެއް ނުބައްވާނެ: އިދިކޮޅު
 
ލީޑަރޝިޕުން ހުޅުވާލުމުން ޕާޓީއާ ގުޅެން ތައްޔާރު ކަމަށް ވިދާޅުވި
 
ގައުމީ ލެވެލްގައި ވާދަކުރެވޭނެ ބޭފުޅެއް އިދިކޮޅަކު ނެތް: އުމަރު

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއެއްގައި، ރައީސް އަބްދުﷲ ޔާމީންވެސް ބަލިކުރައްވާ، ޓިކެޓް ކާމިޔާބު ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ކުރީގެ ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. ރައީސް ޔާމީންގެ ހުކުމުގެ މުއްދަތު ހަމަވާނީ، 2024 ވަނަ އަހަރުގައެވެ.

ދުވަސްތަކެއް ވަންދެން ސިޔާސީ މަސްރަހުން އެކަހެރިވެ ހުންނެވުމަށް ފަހު މި ފަހަކަށް އައިސް އުމަރު ގެންދަވަނީ އިދިކޮޅުން އެހެން ގޮތްތަކެއް ހޯއްދަވަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. އެއީ ކޮން ގޮތެއްކަމެއް އެއްވެސް އިރަކު އުމަރު ހާމައެއް ނުކުރައްވައެވެެ. އެކަމަކު އިދިކޮޅަށް "ސިންގާ އެއް ނުވަތަ ބާޒެއް" ބޭނުންވާކަމަށްވެސް އުމަރު ގެންދަވަނީ ވިދާޅުވަމުންނެވެ.

ރާއްޖެ.އެމްވީއާ ވާހަކަ ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ، މިހާރުވެސް އިދިކޮޅާއި ގުޅިވަޑައިގަތުމަށް ފޯން ކޯލްތައް ލިބެމުންދާ ކަމަށެެވެ. އެކަމަކު އުމަރުގެ ވިސްނުމަކީ ސީދާ ޕާޓީއާ ގުޅުމަށްވުރެ ބޮޑަށް ޕްރައިމަރީގައި ވާދަކުރެއްވުމެވެ. ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ އުމަރުގެ ނަޒަރުގައި ޔާމީންގެ ބަދަލުގައި އެމަނިކުފާނު ނެތްތަން ފޫބައްދަން ނިކުމެވޭ ވަރުގެ ލީޑަރެއް އިދިކޮޅަކު ނެތެވެ.

މިހާރުން މިހާރަަށް ބަލާއިރަކު ނެތް ފެންނާކަށް ގައުމީ ލެވެލްއެއްގައި ވާދަކޮށްގެން ވިންކުރެވޭ ވަރުގެ ޗެމްޕިއަނެއް.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އުމަރު ހުންނެވީ އިދިކޮޅުން ޕްރައިމަރީއަކަށް ހުޅުވާލާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އޭނާ ވިދާޅުވީ، ޕާޓީގެ ތެރޭގައި ޕްރައިމަރީއެއް ބާއްވަން ނިންމައިފިނަމަ، ޔާމީންއާ ވާދަކޮށްގެން ވިޔަސް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އެ އިންތިހާބުގައި އަޅުގަނޑަށް ހެޔޮ ޔާމީން ވާދަކުރެއްވިޔަސް. އަޅުގަނޑު ވަދެ ނަގާނަން.
އުމަރު ނަސީރު ~

ރަސްމީކޮށް ޕީޕީއެމްއާ ގުޅިވަޑައިގަންނަވަނީ ކޮންއިރަކުންތޯ ސުވާލު ކުރެއްްވުމުން އުމަރު ވިދާޅުވީ، ލީޑަރޝިޕުން އެ ފުރުސަތު ހުޅުވާލީމާ ގުޅޭނެ ކަމަށެެވެ.

ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް ބޭފުޅުންގެ ޚިޔާލު މުޅިންވެސް ތަފާތެވެ. ނަން ނުޖަހަން ޝަރުޠުކޮށް ރާއްޖެ.އެމްވީއާ ވާހަކަ ދެއްކި ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވީ، އުމަރަކަށް ސިޔާސީ ކަންތައްތައް މާ ރަނގަޅަށް އެނގިވަޑައިނުގަންނަވާ ކަމަށާއި، އަދި މިހާރު އެ ޕާޓީގެ ޙާލަތު އެއްވެސް ވަރަކަށް އެނގިނުލައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އުމަރަށް ޕްރައިމަރީ ކާމިޔާބު ކުރެވިދާނެކަމާމެދު ޝައްކު އުފެދޭކަމަށެވެ.

ޕީޕީއެމްއާ މެދު އުމަރު ގެންގުޅުއްވާ ވިސްނުން ހާމާކޮށްފައިވާއިރު، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓަކު ހޮވުމަށް ޕްރައިމަރީ އެއް ނުބާއްވާނެ ކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕްގެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުން ރިޔާސީ އިންތިހާބަށް ރައީސް ޔާމީން މިނިވަންވާނެއެވެ. އަދި އެމަނިކުފާނު މިނިވަން ނުވެއްޖެ ހާލަތެއްގައި އިންތިހާބު ބޮއިކޮޓްކުރާނެއެވެ.

އުމަރަކީ 2013 ވަނަ އަހަރުގެ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ. ރައީސް ޔާމީނުގެ ސަރުކާރުގަ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ވަޒީރުކަމުން އިސްތިޢުފާ ދެއްވުމަށް ފަހު އުޅުއްވަނީ ސިޔާސީ ދާއިރާއާ ދުރުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
13%
0%
0%
4%
78%
4%
ކޮމެންޓް
31 ޑިސެންބަރ 2019 | އަންގާރަ 00:12
ކޮތަރުބިސް
އުމަރާ މޮޔަނުވޭ އަހަރެމެން ކަލެއާ ދެކޮޅައް މުޅިރާއްޖޭގަ ކެމްޕޭނެއްފަށަންވީދޯ