ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 15:25
ބަނދަރު ހެދުމަށްޓަކައި ހެވީ ފޯރސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކުރުވުން
ބަނދަރު ހެދުމަށްޓަކައި ހެވީ ފޯރސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކުރުވުން
މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ޕްލޭނިންގް މިނިސްޓްރީ
6 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފި
 
4 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއެއް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފަ
 
2 ރަށެއްގެ ބަނދަރު ހެދުމަށްޓަކައި ހެވީ ފޯރސް ޕްރައިވެޓް ލިމިޓެޑްއާއި

6 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު ޙަވާލުކޮށްފިއެވެ.

ޕްލޭނިންގް މިނިސްޓްރީން 2 ރަށެއްގެ ބަނދަރު ހެދުމަށްޓަކައި ހެވީ ފޯރސް ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ. އެއީ ރ. ރަސްގެތީމާއި އދ. ދިއްދޫ ބަނދަރުގެ މަޝްރޫއުއެވެ. ރަސްގެތީމުގެ ބަނދަރުގެ އިތުރުން ޖެޓީ ހެދުމުގެ މަޝްރޫއު އެ ކުންފުޏާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑު އުސޫލުން، 50 މިލިއަން ރުފިޔާއަށެވެ. އެއީ 420 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އދ. ދިއްދޫ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 21.9 މިލިއަން ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން އިތުރު 4 ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއެއް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓު އެން ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައެވެ. އެގޮތުން ށ. ފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 33.1 މިލިއަން ރުފިޔާއަށް 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ކ. ހިންމަފުށީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު 24.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު 365 ދުވަހުގެ ތެރޭގައި ނިންމުމަށް ވެސް ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން އދ ހަންޏާމީދޫ ބަނދަރުގެ މަސައްކަތް 32.2 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު މި މަޝްރޫއު 300 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. ށ. ފޯކައިދޫ ބަނދަރުގެ މަސައްކަތް ތަރައްގީ ކުރުމަށް 55.9 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމުމަށް ވެސް ވަނީ ހަވާލުކުރެވިފައެވެ.

މި މަޝްރޫއު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓްރީ އިން ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ވިދާޅުވީ މި މަޝްރޫއުތަކަކަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލު ކުރެވޭ މަޝްރޫއުތަކަށް ވާއިރު ފުރަތަމަ ކުރެވޭނީ ޑިޒައިންގެ މަސައްކަތް ކަމަށާއި ދެން އީއައިއޭ ހެއްދުމަށް ފަހު މަސައްކަތް ކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
43%
0%
29%
14%
14%
ކޮމެންޓް