ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 14:39
ޖޭއެސްސީގެ ރައީސް ހިސާން ހުސައިން (ވާހަކަ ދައްކަވަނީ) ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރ އަބްދުﷲ ނަޒީރު (މެދުގައި) އަދި ޖޭއެސްސީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޖޭއެސްސީގެ ރައީސް ހިސާން ހުސައިން (ވާހަކަ ދައްކަވަނީ) ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރ އަބްދުﷲ ނަޒީރު (މެދުގައި) އަދި ޖޭއެސްސީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމްތައް ސަޕްލައިކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
 
ޑީޖޭއޭ މިހާރު ހިނގަމުންދަނީ ޖޭއެސްސީގެ ދަށުން
 
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން
 
ޖުޑީޝަރީގައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ގެންނަން ސަރުކާރާއި މަޖިލީހުން ދަނީ އެއްބާރުލުން ދެމުން

މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމްތައް ސަޕްލައިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ، ޝަރުޢީ ދާއިރާއަކީ ޒަމާނީ ވަޞީލަތްތައް ފަހިވެފައިވާ ދާއިރާއެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޝަރުޢީ ދާއިރާގެ މުވާޞަލާތީ ވިއުގަ އިތުރަށް ތަރައްޤީކޮށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކޯޓުތައް، އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ނެޓްވަރކަކުން ގުޅައިލައި، ކޯޓުތަކުގައި ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަނެއް ޤާއިމުކުރުމަށް ޓަކައި، 2016 ވަނަ އަހަރުގެތެރޭގައި ދިރާގާއެކު ވެވުނު އެއްބަސްވުމުގެ ފުރަތަމަ ފޭސްގެ ދަށުން ގުޅައިލެވުނު 101 މެޖިސްޓްރޭޓުގައި އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެކޯޓުތަކަށް ބޭނުންވާ ސިސްޓަމްތައް ސަޕްލައިކުރުމުގެ އެއްބަސްވުމުގައި އާދިއްތަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.

އައިލެންޑްމާކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑާއެކު ވެވުނު އެއްބަސްވުމުގެ މަސައްކަތް ނިމިގެންދިއުމުން، މި ސިސްޓަމްތައް ޤާއިމްކުރެވޭ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ހިންގުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ. މި އިންތިޒާމްތައް ހަމަޖެހިގެން ދިއުމުން، މައްސަލަތައް ހިންގުމަށް ޓަކައި ކޯޓަށް ޙާޟިރުކުރަންޖެހޭ ފަރާތްތައް ކޯޓަށް ޙާޟިރުކުރުމުގެ ބަދަލުގައި އެ ޚަޞްމަކު ހުރި ތަނަކީ މި ވިއުގައިގެ ތެރެއިން ގުޅައިލެވިފައިވާ ތަނެއްކަމުގައިވާނަމަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

މީގެއިތުރުން ޑީޖޭއޭއިން ބުނީ، 101 މެޖިސްޓްރޭޓް ކޯޓެއްގެ 126 ކޯޓު ރޫމްގައި އޯޑިއޯ ވީޑިއޯ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ޖުމްލަ 30 ދުވަހުގެ ތެރޭގައި ކޮށް ނިންމާގޮތަށް އައިލެންޑްމާކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރެވިފައި ވަނީ 1.5 މިލިއަން ރުފިޔާއަށް ކަމަށެވެ.

ސަރުކާރާއި ރައްޔިތުންގެ މަޖިލިސް އަދި ޖޭއެސްސީން މިހާރު ގެންދަނީ ޖުޑީޝަރީ އިސްލާހުކޮށް، އަދި ކޯޓަތަކަށް ހުށަހެޅޭ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ނެވެ. އެގޮތުން، ޖޭއެސްސީގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެނެސް، ޖުޑީޝަރީ ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު ގާނޫނުން ޖޭއެސްސީއަށް ދީފައިވާއިރު، ޑީޖޭއޭ މިހާރު ހިނގަމުންދަނީ ވެސް ޖޭއެސްސީގެ ދަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް