ކ. މާލެ
|
21 މާރޗް 2017 | އަންގާރަ 04:09
މެގަ މޯލްޑިވްސް ފްލައިޓް
މެގަ މޯލްޑިވްސް ފްލައިޓް
ގޫގުލް
މެގަ މޯލްޑިވްސް
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
ދިއްލީ ދަތުރުތައް ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ހުއްޓާލާފައި

2016 ވަނަ އަހަރުގެ ފަހުކޮޅު މެގަ މޯލްޑިވްސްއިން އިންޑިޔާގެ ދިއްލީއަށް ކުރަން ފެށި ދަތުރުތައް ވަގުތީ ގޮތުން މެދު ކަނޑާލައިފި އެވެ.

 

މެގަ މޯލްޑިވްސްއިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ޝެޑިއުލްކޮށްފައިވާ ފްލައިޓްތައް މެދު ކަނޑާލަން ޖެހުނީ އެކަށީގެންވާ ފަސިންޖަރުން ނެތުމާއި ދިއްލީއަށް އޮތް ޑިމާންޑް ކުޑަވުން ކަމަށެވެ.

 

އެގޮތުން މިމަހުގެ 20، 23 އަދި 25 ވަނަ ދުވަހު މާލެއިން ދިއްލީއަށް ޝެޑިއުލކޮށްފައިވާ ފްލައިޓްތަކާއި މިމަހުގެ 21، 24 އަދި 26 ވަނަ ދުވަހު ދިއްލީން މާލެއަށް ޝެޑިއުލްކޮށްފައިވާ ދަތުރުތައް މިހާރު ކެންސަލްކޮށްފައިވާ ކަމަށެވެ.

 

މެގަމޯލްޑިވްސް އިން ބުނީ މާލެ، ދިއްލީ ޓިކެޓްތައް ނަގާފައިވާ ފަސިންޖަރުންނަށް ޓިކެޓް ރީފަންޑު ކުރާނެ ކަމަށާއި އަދި ދިއްލީ، މާލެ ޓިކެޓްތައް ނަގާފައިވާ ފަރާތްތަކަށް އެހެން ފްލައިޓްތަކުން ޓިކެޓް ބުކް ކޮށްދޭނެ ކަމަށާއި ނުވަތަ ފަސިންޖަރުން އެދިއްޖެ ހާލަތެއްގައި ރީފަންޑު ކޮށްދޭނެ ކަމަށެވެ.

 

މެގައިން ބުނީ  ދިއްލީ ދަތުރުތައް ވަކި މުއްދަތެއް ނެތް ގޮތަށް ހުއްޓާލާފައިވާ ކަމަށެވެ.

 

މާލެ ދިއްލީއާއި ދެމެދު ދަތުރުތައް ފަށާފައިވަނީ ނޮވެމްބަރ 17، 2016 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ތިން ފްލައިޓް ކަމަށެވެ.

- ކޮމެންޓް