ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 14:35
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު
ޝުއައިބް މުހައްމަދު އިގްބާލް
ބިދޭސީން
ބިދޭސީންގެ އަމަލުތައް ހުންނަގޮތުން ދިވެހިންނަށް އެތައް ތަކުލީފެއް ކުރިމަތިވޭ: އަނާރާ ނައީމު
 
ރާއްޖޭގައި ގަވާއިދާ ހިލާފަށް ލައްކައަކަށްވުރެ ގިނަ ބިދޭސީން އުޅޭ ކަމަށްވޭ
 
ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ޖުމްލަ 27 މައްސަލަ މިހާތަނަށް ވަނީ ހުށަހަޅާފައި
 
އިންސާނީ ވަގުފާރިއާ ގުޅޭ 3 މައްސަލައެއް މިމަހުގެ 25 ވަނަ ދުވަހު ތަހުގީގުކުރުމަށް ވަނީ ހުށަހަޅާފައި

ބިދޭސީންގެ އަމަލުތައް ހުންނަ ގޮތުން ދިވެހިންނަށް އެތައް ތަކުލީފެއް ކުރިމަތިވަމުންދާ ކަމަށް ބާ ކައުންސިލްގެ މެމްބަރު އަދި ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ބިދޭސީންގެ ދެ ގްރޫޕުގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް އަނިޔާތަކެއް ވެފައިވާ ކަމަށް ބުނާ ޚަބަރު ޓްވީޓާގައި ޝެއާރ ކުރައްވަމުން، އަނާރާ ވިދާޅުވީ، ބިދޭސީންގެ އަމަލުތައް ހުންނަގޮތުން ދިވެހިންނަށް އެތަށް ތަކުލީފެއް ކުރިމަތިވަމުންދާތަން ފެންނަމުންދާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ބޭނުންވާ ކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާގެ އެޓްވީޓާ ގުޅިގެން ބައެއް ފަރާތްތަކުން އަނާރާއަށް ފާޑުކިޔަމުންދާއިރު، ގަވާއިދާ ހިލާފަށް ރާއްޖޭގައި ލައްކައަކަށްވުރެ ގިނަ ބިދޭސީން އުޅޭ ކަމަށް ވެއެވެ.

ރާއްޖޭގައި އުޅޭ ބައެއް ބިދޭސީން ޖިނާއީ ބޮޑެތި ކުށްތައް ކުރަމުންދާއިރު، ވަރަށް ނިކަމެތި ހާލުގައި ދިރިއުޅޭ ބިދޭސީންވެސް އުޅެ އެވެ. ރާއްޖެ ހިމެނެނީ ފުޅާ ދާއިރާއެއްގައި އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގާ ގައުމެއްގެ ގޮތުގަ އެވެ.

އެގޮތުން މިމަހުގެ 25 ވަނަ ދުވަހު މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ، އިންސާނީ ވަގުފާރިއަށް ތުހުމަތުކުރެވޭ 3 މައްސަލައެއް ތަހުޤީގު ކުރުމަށްޓަކައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ، އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ގިނަ މަޝްރޫޢުތަކަކަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި މަކަރުވެރި ޢަމަލު ހިންގާ އަދި ސައްޙަ ނޫން ލިޔެކިއުން ހުށަހަޅާފައިވާކަމަށް ތުހުމަތު ކުރެވިގެން 3 ކުންފުންޏެއްގެ މައްސަލަ ތަހުޤީގު ކުރުމަށްޓަކައި 11 ޑިސެމްބަރ 2019 ގައި މޯލްޑިވްސް އިމިގްރޭޝަނުން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށަހަޅައިފައިވާކަމަށެވެ.

މި 3 މައްސަލައާއިއެކު، އިންސާނީ ވަގުފާރިއަށް މަގުފަހިވާގޮތަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގައި ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ޖުމްލަ 27 މައްސަލަ، އިމިގްރޭޝަނުން ތަހުޤީގު ކުރުމަށްޓަކައި ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އިންސާނީ ވަގުފާރިއަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށްޓަކައި ކަމާއިގުޅުންހުރި މުއައްސަސާތަކާއި ގުޅިގެން އިމިގްރޭޝަނުން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެންމެހާ ފަރާތްތަކަށް އަރުވާކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް