ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 13:33
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް
ރާއްޖެއެމްވީ
ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން
ދެ ބިދޭސީއެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކޮށްފައި ވަނިކޮށް، ފުރުވާލި މައްސަލައެއް ބަލަނީ
 
މައްސަލަ ބަލަން ހުށަހަޅާފައިވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް
 
މައްސަލަ ބަލަން ހުށަހެޅީ ޕީޖީ އޮފީހުން
 
އެ ދެ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކޮށްފައިވަނީ މަސްތުވާތަކެތި އެތެރެކުރި ދެ މައްސަލައަކާ ގުޅިގެން

މަސްތުވާތަކެތި އެތެރެކުރުމުގެ ދެ މައްސަލައެއްގައި ހިމެނޭ ދެ ބިދޭސީއެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް އަމުރުކޮށްފައި ވަނިކޮށް، އެ ދެ މީހުން ފުރުވާލި މައްސަލަ ބެލުމަށް އިންޓެގްރިޓީ ކޮމިޝަނަށް ހުށައަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ބުނީ، ކްރިމިނަލް ކޯޓުގައި އޮތް، މަސްތުވާތަކެތި އެތެރެކުރުމުގެ ދެ މައްސަލައެއްގައި ހިމެނޭ ބަންގްލަދޭޝް ދެ މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެ ދެމީހުން ފުރުވާލި މައްސަލަ ތަހުގީގު ކޮށްދިނުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައިގެ އިތުރު ތަފްސީލެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ދީފައިނުވާތީ، އެ ދެ މީހުންނަކީ މަސްތުވާތަކެތި އެތެރެކުރި ކޮން ދެ މައްސަލައެއްގައި ހިމެނޭ ކޮން ދެމީހުންނެއް ކަމެއް އެނގިފައެއް ނުވެއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ މޯލްޑިވްސް ޕޮލިސް ސަވިސް އާއި މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނާ ގުޅޭ ސްލޫކީ މައްސަލަތައް ބެލުމަށް އެކޮމިޝަނުގެ ގާނޫނުން މަތިކޮށްފައިވާ ކޮމިޝަނެކެވެ.

އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް، ވިޔަފާރިކޮށް، މަނީ ލޯންޑަރ ކުރުމުގައި އުޅުނު ކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝް މީހަކު މީގެކުރިން ފުރުވާލާފަ އެވެ. އަދި ގަވާއިދާ ހިފާލަށް ވިޔަފާރިކޮށް، ބޮޑެތި މަންފާތަކެއް ހޯދި ބަންގްލަދޭޝްގެ އެހެން މީހަކުވެސް ފުރުވާލާފައި ވެއެވެ. އެ ދެ މީހުން ފުރުވާލި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގައި ވެސް އެކަން ފާހަގަކޮށް، ނުރުހުން ފާޅުކުރައްވާފައި ވެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ލައްކައަކަށް ވުރެ ގިނަ ބިދޭސީން އުޅޭކަމަށް ކަމާބެހޭ ބައެއް ފަރާތްރަކުން ބުނާއިރު، ބިދޭސީންނާ ގުޅޭ ގިނަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް