ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 12:49
މެލޭޝިއާ
މެލޭޝިއާ
ގޫގުލް
މެލޭޝިއާގައި މަރުވި ދިވެހި މީހާ
މެލޭޝިއާގައި މަރުވި މީހާ ރާއްޖެ ގެނެސްފި
 
އޭނާގެ މައްޗަށް ކުރެވޭ ކަށު ނަމާދު މިރޭ އިޝާ ނަމާދަށްފަހު އާސަހަރާގައި އޮންނާނެ ކަމަށްވޭ

މެލޭޝިއާގައި މަރުވި ދިވެހި މީހާގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.

މެލޭޝިއާގައި މިމަހުގެ 24 ވަނަ ދުވަހު މަރުވެފައި އޮއްވާ ފެނުނީ ގ. މިއަލަނިއާގެ، މުހައްމަދު ޝިނާން ޔޫސުފް، (44އ) އެވެ.

ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މެލޭޝިއާގައި ދިވެއްސަކު މަރުވެފައިވާކަމުގެ މައުލޫމާތު ލިބުމާއެކު މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއާ ގުޅިގެން އެކަން ހިނގާދިޔަގޮތް ބަލާފައިވާ ކަމަށެވެ. ނަމަވެސް ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

ސިނާނުގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮތީ އާދިއްތަ ދުވަހުގެރޭ (މިރޭ) އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ. މައްޔިތާގެ މޫނު ދެއްކުން އާދިއްތަ ދުވަހުގެ 16:30 އިން ފެށިގެން އާ ސަހަރާގައި ކުރިއަށް ދާނެކަމަށް މައުލޫމާތު ލިބެއެވެ.

މެލޭޝިއާއަކީ ވަރަށް ގިނަ ދިވެހިން އެކިއެކި ބޭނުންތަކުގައި ދިރިއުޅެމުން އަންނަ ގައުމެކެވެ. ހާއްސަކޮށް، މަތީ ތައުލީމް ހާސިލް ކުރުމަށް ވަރަށް ގިނަ ދިވެހިން މެލޭޝިއާގައި ދިރިއުޅެއެވެ.

މެލޭޝިއާގައި ގާތްގަނޑަކަށް 2300 އެއްހާ ދިވެހިން އެކިއެކި ބޭނުންތަކުގައި ދިރިއުޅެމުންދާ ކަމަށްވެއެވެ.

ސްކޫލް ބަންދާ ދިމާކޮށް، ބޮޑު ޗުއްޓީތަކުގައިވެސް ޗުއްޓީ ހޭދަކޮށްލަންވެސް ގިނަ ފަރާތްތަކުން މެލޭޝިއާއަށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް