ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 12:37
ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތަކެއް
ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތަކެއް
ތަހާރަތު މުހައްމަދު ވަހީދު
ރައީސް އޮފީސް
ރައީސް ވިދާޅުވި ހައުސިން ޕްރޮޖެކްޓް އަންނަ އަހަރު އިއުލާން ކުރާނެ: ހޫދު
 
ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށްޓަކައި "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ވަނީ އުފައްދާފައި
 
މާލޭގެ ގެދޮރުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަަމަށް ރައީސް ވަނީ ވިދާޅުވެފައި
 
ރައީސް އެކަން އިއުލާން ކުރެއްވީ މާޗް މަހު

މި އަހަރު ތެރޭގައި އިއުލާންކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ހައުސިންގ ޕްރޮޖެކްޓް، އަންނަ އަހަރު އިއުލާން ކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މާލެއަށް ހާއްސަކޮށްގެން ގެދޮރުވެރިކުރުމުގެ މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވާކަން މިއަހަރުގެ މާޗް މަހު އިއުލާން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އެމްޑީޕީގެ ކެމްޕޭނު ޖަލްސާއެއްގައި ރައީސް ވިދާޅުވެފައިވަނީ، މާލޭގެ ގޯތިގެދޮރު ނެތް ހުރިހާ ފަރާތްތަކަށް މިދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވާނެ ކަމަށާއި، މާލެއަށް ޚާއްސަކޮށް، އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރު ނެތް ރައްޔިތުންނަށް ޚާއްސަކޮށްގެން ބޮޑު ހައުސިންގް ޕްރޮޖެކްޓެއް އިއުލާން ކުރެވޭނެ ކަމަށެވެ.

އެ މަޝްރޫއު ކުރިޔަށްދާ ގޮތާއި ބެހޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ހައުސިންގ ޕްރޮޖެކްޓްގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާ ކަމަށެވެ. އެ ޕްރޮޖެކްޓްގައި ބަލަން ޖެހޭ އިތުރު ކަންތައްތަކެއް ހުރުމުން އެކަން ރިވިއު ކުރުމަށްފަހު އަންނަ އަހަރު އެކަން އިއުލާން ކުރެވިގެންދާނެ ކަމަށެވެ. އިތުރު ތަފްސީލެއް ހޫދު ހާމައެއް ނުކުރައްވައެވެ.

މާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް އިއުލާން ކުރަން ސަރުކާރުން ތައްޔަރީތައްވަމުން އަންނައިރު، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެންނާނެ ކަމަށް އެމްޑީޕީގެ އެޖެންޑާ 19ގައި މުހިންމު ސިޔާސަތުތަކެއް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި މާލޭގެ ގޯތި ގެދޮރު ނެތް ހުރިހާ ފަރާތްތަކަށް މި ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ހިމެނޭއެވެ.

އަދި އެޖެންޑާ 19ގެ ދަށުން މާލޭގެ ކޮންމެ ރައްޔިތަކަށް ގޯތިގެދޮރު ލިބިގެންދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
67%
0%
33%
ކޮމެންޓް