ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 11:47
ނ. މާފަރު އެއަރޕޯޓު
ނ. މާފަރު އެއަރޕޯޓު
ޓްރާންސްޕޯޓް މިނިސްޓްރީ
މާފަރު އެއަރޕޯޓު
މާފަރު އެއަރޕޯޓު ބޮޑުކުރުމުގެ ހުއްދަ އީޕީއޭއިން ނުދިން
 
މާފަރު އެއަރޕޯޓު ބޮޑުކޮށްފިނަމަ، ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ: އީޕީއޭ
 
މާފަރު އެއަރޕޯޓުގެ މަޝްރޫއު ނުނިމެނީސް، އެއެއަރޕޯޓު ހުޅުއްވައިދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން
 
މެދު ރާސްތާގައި އެ އެއަރޕޯޓުގައި ބޮޑެތި ފްލައިޓުތައް ޖައްސާ ވަރު މަދުވާނެ ކަމަށް ބުނެފައިވޭ

ނ. މާފަރު އެއަަރޕޯޓު ހިއްކައިގެން ބޮޑު ކުރުމަށް ހުއްދަ ނުދޭން އެންވާރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން ނިންމައިފިއެވެ.

އެއަރޕޯޓު ހިއްކައިގެން ބޮޑު ކުރުމުގެ ހުއްދަ ނުދިނުމަށް ނިންމާ އެވުޒާރާއިން ބުނެފައިވާގޮތުގައި، މާފަރު އެއަރޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ އަމާޒަކީ ބޮއިން 777 ގެ ޓުވިން ޖެޓު ޖެއްސުން ކަމަށް ވާއިރު، އެއީ ދުރު ރާސްތާގައި ތިމާވެށީގެ މައްސަލަތައް ދިމާވާނެ ސަބަބެކެވެ. އަދި އެވައިގެ ބަނދަރަށް ފްލައިޓް ޖައްސާނެ އަދަދު ނޭނގޭއިރު، އެއީ ހިރާސް ބޮޑު މަޝްރޫއެއްގެ ގޮތުގައި އީޕީއޭއިން ވަނީ ސިފަކޮށްފައެވެ.

މިފަދަ މަޝްރޫއުއެއްގެ ސަބަބުން މާފަރު ފަޅުގެ ބޮޑު ބައެއް ދާއިމީކޮށް ގެއްލި ފަރަށް ވެސް ބޮޑެތި ގެއްލުންވާނެ ކަމަށާއި، މާފަރަކީ ވެލާ ބިސްއަޅާ ރަށަކަށް ވާއިރު، އެ މަޝްރޫއުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ. އަދި ވެލި ނަގާ ސަރަހައްދަކީ މޫދު ވިނަ ހުންނަ ސަރަހައްދަކަށް ވުމުން އެތަނުގައި އުޅޭ ދިރޭ ތަކެއްޗަށް ގެއްލުންވާނެ ކަމަށާއި ބިން ހިއްކުމަށް ވެލި ނެގުމުގެ ސަބަބުން ރަށް ގިރުން އިތުރުވެ، މި މަޝްރޫއަށް ދާ ހަރަދު އިތުރުވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. ރަށުގައި ހުރި 22،000 ގަހަށް އަސަރު ކުރާނެ ކަމަށްވެސް އީޕީއޭއިން ބުނެފައިވެއެވެ.

މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ މި ޑިސެމްބަރު މަހުގައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 28 ގައި މާފަރު އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ ހުޅުއްވައި ދެއްވާފައެވެ.

މާފަރު އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ އެޑެންޑަމްގެ މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ޕްލޭން ތައްޔާރުކޮށް، ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން އީޕީއޭއަށް މުރާޖާ ކުރުމަށް ހުށަހަޅާފައިވަނީ 22 ޑިސެމްބަރު 2019 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް