ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 10:45
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުޅުދުއްފުށި ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުޅުދުއްފުށި ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ކުޅުދުއްފުށި
ކުޅުދުއްފުށީގައި ދެން ބޭއްވެންޖެހޭނީ ސިޓީ ކައުންސިލް އިންތިހާބެއް: ކައުންސިލް ރައީސް
 
ސިޓީ އަކުން ދޭންޖެހޭ ހިދްމަތްތައް، ރަށު ކައުންސިލަކުން ދޭން ޖެހުމުން ދަތިތަކާ ވަނީ ދިމާވެފައި
 
ކުޅުދުއްފުށިން މިހާރުވެސް ސިޓީއަކުން ދޭ ހިދްމަތްތައް ދަނީ ދެމުން
 
ކުޅުދުއްފުށީގެ އާބާދީ މިދިއަ އަހަރުގެ ނޮވެމްބަރު މަހު ވަނީ 10،000 އަށް އަރާފައި

ލާމަރުކަޒީ ގާނޫނުގެ ދަށުން، ހދ. ކުޅުދުއްފުށީގައި ދެން އެންމެ އަވަހަކަށް ބޭއްވޭ އިންތިހާބު ވާންޖެހޭނީ ސިޓީ ކައުންސިލްގެ އިންތިހާބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު "ރާއްޖެއެމްވީ" އަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވީ، ކުޅުދުއްފުށީގެ އާބާދީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 10،000 އަށްވުރެ މައްޗަށް އަރާފައިވާކަމަށާއި އަދި އެ އަދަދު މިހާރު މާބޮޑުތައް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އާބާދީގައި 10،000 މީހުން ހަމަވާ ރަށްތަކަށް ސިޓީއެއް ދަރަޖަ ދެވޭއިރު، ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ނުދެވެންވީ ސަބަބެއް ނެތް ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީއެއްގެ ދަރަޖަ ދޭން ބަލާއިރު، ގާނޫނީ ގޮތުން ހުރަސްތަކެއް ހުރިކަމަށް ކަމާބެހޭ އިދާރާތަކުގެ ބޭފުޅުން ވިދާޅުވާއިރު، އެފަދަ ގާނޫނީ ހުރަސްތައް ނައްތާލުމަށްފަހު، މިހާރުވެސް ބައެއް ރަށްތައް ސިޓީއެއްގެ ދަރަޖަ ދީފައިވާ ކަމަށެވެ. އަދި ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ނުދެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، ކުޅުދުއްފުށިން، ކުޅުދުއްފުށި ރައްޔިތުންނާއި ކައިރި ރަށްތަކުގެ ރައްޔިތުންނަށް ގިނަ ހިދްމަތްމަތެއް ދެމުންދާއިރު، މިހާރުވެސް އެއީ ސިޓީއެއްގެ ފެންވަރުގަ ދެމުންދާ ހިދްމަތްތަކެއް ކަމަށެވެ.

މީގެއިތުރުން ލަތީފް ވިދާޅުވީ، ސިޓީއަކުން ފޯރުކޮށްދޭންޖެހޭ ހިދްމަތްތައް ރަށު ކައުންސިލަކުން ފޯރުކޮށްދޭން ޖެހުމުން، މުވައްޒަފުންގެ މަދުކަމުގެ ދަތިކަމާއި އަދިވެސް އެހެންނިހެން ދަތިތަކާ ކުޅުދުއްފުށި ކައުންސިލަށް ދިމާވެފައިވާ ކަމަށެވެ. ލަތީފް ވިދާޅުވީ، ކުޅުދުއްފުށި ކައުންސިލްގައި ތިއްބަވަނީ ޖުމްލަ 20 މުވައްޒަފުން ކަމަށެވެ.

ލަތީފް ވިދާޅުވީ، ކުޅުދުއްފުށި ރައްޔިތުންނާއި ރަށު ކައުންސިލަރުންވެސް ބޭނުންވަނީ ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ވެސް ލިބި، އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އުފެދިގެން ދިއުން ކަމަށެވެ. އަދި އޭޕްރީލް މަހު ބާއްވާ އިންތިހާބުގައި ރަށު ކައުންސިލަކަށް ރައްޔިތުން ވޯޓްލާންދާން ޖެހޭގޮތަށް ހެދުމަކީ ރައްޔިތުންނާއި ކައުންސިލަރުން އަދި ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އެއްގޮތަކަށް ވެސް ގަބޫލު ކުރައްވާނެ ކަމެއް ނޫންކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، ކުޅުދުއްފުށި ކައުންސިލަރުންނާއި އަދި ރައްޔިތުންގެ އެދުމަކީ ކުޅުދުއްފުށި ސިޓީއެއްގެ ދަރަޖަ ދެވި، އިތުރު ހިދްމަތްތައް ވެސް ތައާރަފް ކުރެވި ކުޅުދުއްފުށިން، އެ ސަރަހައްދުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދްމަތްތައް ލިބިގެން ދިއުން ކަމަށެވެ. އަދި ސީޓީ ކައުންސިލަކަށް ބަދަލުވެ، އެކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދްމަތްތައް ވެސް ފުޅާ ކުރެވި، މުވައްޒަފުންވެސް އެކަށީގެންވާ ގޮތެއްގައި ހަމަޖެހިގެން ދިއުމަކީ ކުޅުދުއްފުށި ރައްޔިތުން އެދޭ ގޮތްކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ސިޓީ ކައުންސިލަކަށް ވޯޓުލުން ނޫން އެހެން ގޮތެއް ކުޅުދުއްފުށި ރައްޔިތުން ބޭނުން ނުވާކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ސިޓީ ކައުންސިލްތަކުގެ ގޮނޑިތަކާއި ދާއިރާތައް އިއުލާން ކުރިއިރު، ކުޅުދުއްފުށި ރަށު ކައުންސިލްގެ ބަދަލު ސީޓީ ކައުންސިލެއް އިއުލާން ކޮށްފައިނުވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް ލަތީފް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް