ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 11:55
އެމްޑަބްލިއުއެސްސީގެ އެމްޑީ އާދަމް އާޒިމްރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި
އެމްޑަބްލިއުއެސްސީގެ އެމްޑީ އާދަމް އާޒިމްރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި
ރާއްޖެއެމްވީ
އެމްޑަބްލިއުއެސްސީ
ފެން ބިލު އާދަޔާ ޚިލާފަށް ބޮޑު ނަމަ އެމްޑަބްލިއުއެސްސީން އިސްނަގައިގެން އަންގާނެ: އާޒިމް
 
ބޭނުން ކުރަމުން ދަނީ ދުނިޔޭގައި ލިބެން ހުރި އެންމެ ރަނގަޅު މީޓަރު ކަމަށް ވިދާޅުވި
 
ބިލުގައި އާދަޔާ ޚިލާފު ކަމެއް އުޅޭ ނަމަ އެ ކުންފުންޏަށް އެންގުމަށް އިލްތިމާސްކުރެއްވި
 
ގިނަ ދުވަހަށް ބޭރަށް ދާކަމުގައި ވާނަމަ ފެން ބަންދުކޮށްފައި ދިޔުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި

އާދަޔާ ޚިލާފު ބޮޑު ބިލެއް އަންނަ ނަމަ, އެމްޑަބްލިއުއެސްސީން އިސްނަގައިގެން ވެރިފަރާތަށް އެކަން އަންގާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަހަ ދައްކަވަމުން އާޒިމް ވިދާޅުވީ ރާއްޖެއިން ބޭރަށް ދާ ނަމަ ނުވަތަ ގިނަ ދުވަހަށް ބޭރަށް ދާކަމުގައި ވާނަމަ ފެން ބަންދުކޮށްފައި ދިޔުން ވަރަށް މުހިއްމުކަމަށެވެ. އަދި ބިލުގައި އާދަޔާ ޚިލާފު ކަމެއް އުޅޭ ނަމަ އެކުންފުންޏަށް އެންގުމަށް އިލްތިމާސްކުރެއްވިއެވެ. އާޒިމް ވިދާޅުވީ އެ ކުންފުނީގެ މީޓަރު ހިނގާނީ އެއްވަރަކަށް ކަމަށެވެ. އަދި ބޭނުން ކުރަމުން ދަނީ ދުނިޔޭގައި ލިބެން ހުރި އެންމެ ރަނގަޅު މީޓަރު ކަމަށާއި, އެހެން ކަމުން ބޭނުން ނުކުރާ ބިލަކަށް ބިލެއް ނުކުރެވޭނެ ކަމަށެވެ.

އާއްމުކޮށް އަޅުގަނޑު މިދަންނަވާ ގޮތަށް ފެން ބޭނުން ކުރުމުގެ އަހުލާގުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދާއިރުވެސް އަދި ގިނަ ދުވަހަށް ބޭރަށް ދަންޏާ ފެނާއި އެއްޗެހި ބަންދުކޮށްލާފައި ދިޔުން ވަރަށް މުހިއްމު.
އެމްޑީ އާޒިމް

އާޒިމް ވިދާޅުވީ މީޓަރުތައް ރީޑު ކުރުމުގައި މައްސަލައެއް އުޅޭ ނަމަ އޭގެ އަނެއް މަހު އެ ކަން އެނގޭނެ ކަމަށެވެ. އަދި ކޮންސަމްޕްޝަން ކެޓަގަރީއެއް ހުންނައިރު ވަކި ވަރަކަށްވުރެ ފެން ބިލު ބޮޑުނަމަ އެކަން އެނގޭނެ ކަމަށެވެ.

ދެން ކޮންމެ މަހަކު ގާތްގަނޑަކަށް 49000 ބިލު އެބަ ރީޑު ކުރޭ އަޅުގަނޑުމެންގެ މުވައްޒަފުން، ހަމަ ތަންތަނަށް ގޮސް ބަލައިގެން އަޅުގަނޑުމެން ސިސްޓަމަށް އަޅައިގެން މިކަން ކުރަނީ. އެހެން ކުރާއިރު ފަހަރެއްގައި ބިލުގައި ރީޑު ކުރާއިރުގައި އެކުއްޖާއަށް އޮޅިގެން އެ އަދަދު ޖެހިއްޖިއްޔާ އަންނަ މަހު އެކަން އެނގޭނެ.
އެމްޑީ އާޒިމް

އާޒިމް ވިދާޅުވީ އެ ގެއެއްގެ ފެން ބިލަށް އަރާވަރުގެ އެވްރެޖަށް ވުރެ އިތުރު އަދަދެއް އަރާ ނަމަ އެމްޑަބްލިއުއެސްސީއަށް އެލަރޓް އަންނާނެ ކަމަށެވެ. އަދި އެލަރޓު އައުމުން ފެން ބޭނުން ކުރާ 'ބިހޭވިއަރ'އަށް ބަދަލު އައިތޯ ބެލުމަށް ގޭގެ ވެރި ފަރާތަށް އަންގާނެ ކަމަށް ވިދާޅުވިއެވެ.

ފެން ބޭނުންނުކުރާ ދުވަސްވަރުތަކުގައިވެސް، ފެން ބިލް ބޮޑުވާ މައްސަލައަކީ ދޭތެރެ ދޭތެރެއިން އާންމުންކޮށް އުޅޭ ޝަކުވާއެކެވެ. ހާއްސަކޮށް ސްކޫލް ޗުއްޓީ ދުވަސްވަރު ގެ ހުސްކޮށް ބަހައްޓާފައި ދިޔުމުންވެސް، ފެން ބޭނުންކުރާކަމުގެ ޝަކުވާތައް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
50%
0%
0%
ކޮމެންޓް