ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 23:51
ހުޅުމާލެ
ހުޅުމާލެ
ފުލުހުން
ރާއްޖޭގަ މަސައްކަތްކުރާ ތުރުކީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި
 
އަނިޔާ ލިބިފައިވަނީ ތުރުކީގެ 33 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނޭ

ރާއްޖޭގައި މަސައްކަތްކުރާ ތުރުކީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީގެން ފުލުހުން އެޞަރަޙައްދުގަ ޙަރަކާތްތެރިވަމުންދާ ކަމަށެވެ. އަނިޔާ ލިބިފައިވަނީ ތުރުކީގެ 33 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. މިހާދިސާގައި ބިދޭސީ މިހާގެ ވާތް ފަރާތު މެޔަށާއި ކޮލަށާއި ކޮނޑު މައްޗަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި އަނިޔާ ލިބުނު މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެއެވެ. އެމީހާގެ ހާލު ސީރިޔަސް ނޫންކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހަމަލާދީފައިވަނީ ނިރޮޅު މަގާއި ބޮކަރުމާ ހިނގުމުގެ ކަންމަތިންކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް