ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 22:27
މާލޭ މަގުމަތި
މާލޭ މަގުމަތި
ގޫގުލް
ފުލުހުން
ބިދޭސީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީގައި އެކަކަށް އަނިޔާވެއްޖެ
 
މިމާރާމާރީގައި ޝާމިލްވަނީ ހަތަރު ފިރެހެނުންކަމަށް ފުލުހުން ބުނޭ
 
މިމަރާމާރީގައި އެކަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައި

ބިދޭސީ ދެ ގުރޫޕެއްގެ ދެމެދުގަ ހިނގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 19:02 ހާއިރު މަޖީދީ މަގުގަ ބިދޭސީ ދެ ގުރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިގެން އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މި މަރާމާރީގައި އެކަކަށް ތޫނު އެއްޗަކުން ޙަމަލާދީފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާއަށް ސީރިޔަސް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ. މި މާރާމާރީ ހިނގި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އަނިޔާ ލިބުނު މީހާ ހިމެނޭ ގޮތަށް މިމާރާމާރީގައި ޝާމިލުވަނީ ހަތަރު ފިރެހެނުންކަމަށް ފުލުހުން ބުނެއެވެ. އަދި މި ހަތަރު މީހުން ފުލުހުންގެ މަރުކަޒަށް ގެނެސްފައިކަމަށްވެސް ފުލުހުން ބުނެއެވެ.

މިމައްސަލަ އިތުރަށް ބަލަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
25%
0%
0%
50%
25%
0%
ކޮމެންޓް