ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 22:28
ށ. ފުނަދޫން ފެނުނު ހިލަ ބޯޅަތައް
ށ. ފުނަދޫން ފެނުނު ހިލަ ބޯޅަތައް
ފޭސްބުކް
ށ.ފުނަދޫ
ހިލަ އުންޑަތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފުނަދޫން ފެނިއްޖެ
 
މިއީ މިޒާތުގެ ހިލަ އެރަށުން ފެނުނު ފުރަތަމަ ފަހަރު ނޫންކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި
 
ދެ ސައިޒެއްގެ 78 ހިލަ ބޯޅަތަކެއް ފެނިފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި
 
ހިލަތަކެއް ފެނުނީ އެރަށުގެ ދެކުނު ފަރާތުގައި އަލަށް އާބާދުވި ސަރަހައްދުގައި ކަރަންޓް ކޭބަލް ވަޅުލުމަށް ކޮންނަމުން ދަނިކޮށް

ށ. ފުނަދޫން ހިލަ އުންޑަތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިއްޖެ އެވެ.

ރާއްޖެ އެމްވީ އަށް މަޢުލޫމާތު ދެމުން އެރަށުގެ ރައްޔިތަކު ބުނީ ވަށްކޮށް ހުރި ހިލަތަކެއް ފެނުނީ އެރަށުގެ ދެކުނު ފަރާތުގައި އަލަށް އާބާދުވި ޞަރަޙައްދުގަ ކަރަންޓް ކޭބަލް ވަޅުލުމަށް ކޮންނަމުން ދަނިކޮށްކަމަށެވެ. މި ހިލަތައް ފެނުނީ މިމަހުގެ 23 ވީ ހޯމަ ދުވަހު ކަމަށްވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހީމް ފުޅު ރާއްޖެ އެމްވީ އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ޞަރަޙައްދުން ބޮޑު ބަޑިއަށް ލައްވާ އުންޑަ ޒާތު އެއްޗެހިތަކެއް ފެނިފައިވާކަމަށެވެ. އޭގެ 78 އުންޑަ ފެނިފައިވާކަމަށް އަޙްމަދު ވިދާޅުވި އެވެ. މީގެއިތުރުން މިއީ މިޒާތުގެ އުންޑަ އެރަށުން ފެނުނު ފުރަތަމަ ފަހަރު ނޫންކަމަށްވެސް އަޙްމަދު ވިދާޅުވި އެވެ.

ވަރަށް ކުރިންވެސް ފެންނަ އެއްޗެހިތަކެއް އެއީ ބައެއް ސަރަހައްދުތަކުން. އެއީ ހަމަ ހިލަބޯޅަ ތަކެއް، ކުރީގައި ބޮޑުބަޑި އުންޑައޭ މީހުން ކިޔާނީ.
ށ.ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމްފުޅު
ކޮންނަމުންދަނިކޮށް ހިލަ ބޯޅަތައް ފެނުނު ސަރަހައްދު

އަޙްމަދު ވިދާޅުވީ ފެނުނު އެއްޗެހިތައް ކައުންސިލް އިދާރާގައި ބަހައްޓާފައިވާ ކަމަށެވެ. އެއެއްޗެހި ފެނުމުން އެކަމުގެ މަޢުލޫމާތު ހެރިޓޭޖް މިނިސްޓްރީ އާ ހިއްސާކޮށްފައިވާ ކަމަށާއި މިނިސްޓްރީގެ ޓީމެއް ފުނަދުއަށް އަންނާނެކަން ކައުންސިލަށް އަންގާފައިވާ ކަމަށް އަޙްމަދު ވިދާޅުވި އެވެ.

ފުނަދޫގަ 2680 މީހުން ދިރިއުޅެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 9 ރަށެއްގެ މީހުންނެވެ. އެއީ އެއަތޮޅާއި ނ އަތޮޅުގެ ދެ ރަށަކުން މީހުން އައިސް ވަޒަން ވެރިވެގެންނެވެ.

މީގެއިތުރުން ފުނަދޫން ވާހަކަ ދެއްކި މީހާ ބުނީ ވަރަށް ކުރީއްސުރެ ފަށައިގެންވެސް ފުނަދުއަށް މީހުން ބަދަލުވާކަމަށެވެ. ނަމަވެސް ފުނަދޫއަކީ މީހުން އާލާނުވާ ރަށެއްގެ ގޮތުގައި ކުރީގެ މީހުން ބުނާކަމަށެވެ. ކުރިން ދެފަހަރެއްގެ މަތިން މީހުން ދިރިއުޅުމަށް އެރަށުގައި މަސައްކަތް ކޮށްފައިވާކަމަށްވެސް އިހުގެ މީހުން ބުނާކަމަށް އޭނާ ބުންޏެވެ. އަދި ގެތައް އަޅަން ބިން ކޮންނައިރު އެއް ވަޅުގަނޑެއްގެ ތެރެއިން އިންސާނުންގެ ބައިވަރު ކަށި ފުންޏަކަށް ހުންނަތަން ފެންނަކަމަށެވެ. މީގެއިތުރުން ހިފާ ގެންގުޅޭ ސާމާނުވެސް ކޮންނަމުންދާއިރު ބައެއް ޞަރަޙައްދުތަކުން ފެންނަކަމަށް އެމީހާ ބުންޏެވެ.

ކުރީ މީހުން ބުނާގޮތުން އެގޮތަށް އެއްޗެހި ވަޅުލާފައި ހުންނަނީ ފޭރޭ މީހުންގެ ކިބައިން ސަލާމަތް ވުމަށްކަމަށްވެސް އޭނާ ބުންޏެވެ. އަދި އިންސާނުންގެ ކަށިތައް އެއް ވަޅުގަނޑަކުން ފެންނަނީ ކުރީގައި ރާއްޖޭގައި ފެތުރުނު ނުރައްކާތެރި ބައްޔެއްކަމަށްވާ ކަށިވިދުރި ޖެހިގެން މީހުން މަރުވެގެން ކަމަށްވެސް އިހުގެ މީހުން ބުނާކަމަށް އޭނާ ބުންޏެވެ. އަދި އަނެއް ބަޔަކު ބުނާގޮތުން އެއީ ހަނގުރާމައިގަ މަރުވެފައިވާ މީހުންކަމަށްވެސް އޭނާ ބުންޏެވެ.

މިހިލަ ބޯޅަތައް ފެނުނު ޞަރަޙައްދަކީވެސް އިހުގެ މީހުން ވަރަށް ގިނައިން ވަޅުލާފައި އޮތް ޞަރަޙައްދެއްކަމަށް އޭނާ ބުންޏެވެ. ފެނުނު ހިލަތައް ހުރީ ދެ ސައިޒަކަށް ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އިހުގެ މީހުން ބުނާގޮތުން ކުރިން ފުނަދޫ އަކީ ފަޅު ރަށެއް ކަމުން އެރަށުގައި ހަނގުރާމަ މަތީ އެއްޗެހި ވަޅުލާފައި ހުންނަނީ ކަމަށް ބެލެވޭކަމަށްވެސް އެމީހާ ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
10%
6%
4%
17%
14%
ކޮމެންޓް
29 ޑިސެންބަރ 2019 | އާދީއްތަ 14:59
ސަލާމު ރައްޓެހި މީހާ
ތި އުންޑަތައްހޯދި ސަލާމުގެ ފޮޓޮެއއްދީފާނަން
29 ޑިސެންބަރ 2019 | އާދީއްތަ 02:09
ށަމެެރަ
÷ޮޗުގިޒުންގެތަކެތި