ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 17:59
ސިނަމާލެ ބްރިޖް- ދަބަރު ޖެހުމުގެ މައްސަލަ ބޮޑު
ސިނަމާލެ ބްރިޖް- ދަބަރު ޖެހުމުގެ މައްސަލަ ބޮޑު
ޓްވިޓަރ
ސިނަމާލެ ބްރިޖް
ބްރިޖުގައި ދަބަރު ޖަހާ މައްސަލަ ހައްލުކުރުމަށް އާ މެޓީރިއަލް އެއް ބޭނުންކުރަން ފަށައިފި
 
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވޭ
 
އެއްބަސްވުމުގައިވާ ގޮތުން ބުރިޖް އެޅުމަށް ފަހު ދެ އަހަރު ވަންދެން ބުރިޖްގެ މެއިންޓެނެންސް މަސައްކަތް ކުރާނީ އެ ކުންފުނިން
 
ދަބަރު ޖަހާ މައްސަލަ ހައްލުކުރުމަށް އާ މެޓީރިއަލް އެއް ހޯދުމުގެ ކަންކަން ކުރަމުންދާތާ އަހަރެއް ވެފައިވާކަމަށް ސަފީރު ވިދާޅުވި

ސިނަމާލެ ބުރިޖުގައި ދަބަރު ޖަހާ މައްސަލަ ޙައްލުކުރުމަށް އާ މެޓީރިއަލް އެއް ބޭނުންކުރަން ފަށައިފި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލިޒޯންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުރިޖުގެ ދަގަނޑުތަކުގައި ދަބަރު ޖަހާ މައްސަލަ ޙައްލުކުރުމަށް އާ މެޓީރިއަލް އެއް ހޯދުމުގެ ކަންކަން ކުރަމުންދާތާ އަހަރެއް ވެފައިވާކަމަށެވެ.

ބޭނުންކުރަން ފަށާފައިވާތާ އެއް އަހަރުވެފައިވާ ބުރިޖުގަ ދަބަރު ޖެހުމުގެ މައްސަލަ އަކީ ވަރަށް ބޮޑަށް ދިމާވަމުންދާ މައްސަަލައެކެވެ. ލޮނުގެ އަސަރު ކުރަމުންދާތީ ބުރިޖުގަ ޖަހާފައި ހުންނަ ދަބަރުތައް ކެހުމުގެ މަސައްކަތް ދޭތެރެ ދޭތެރެއިން އަންނަނީ ކުރަމުންނެވެ.

ސަފީރު ވިދާޅުވީ މިމައްސަލައަށް ޙައްލެއް ހޯދުމަށް އާ މެޓީރިއަލް ބޭނުންކުރަން ފެށީ ބުރިޖުގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުންޏާ އެ ޤައުމުގެ ޔުނިވަރސިޓީ އަކާ ގުޅިގެން އެކި ފަހަރު މަތިން ކުރިއަށް ގެންދިޔަ ތަހުލީލުތަކަށް ފަހު ކަމަށެވެ.

ބްރިޖްގައި އަޅުގަނޑުމެން ކުރަން އެއްބަސްވި ކަންކަން މަތިން ހަނދާން ނުނެތޭ
ޗައިނާ ސަފީރު ޒޭންގް ލިޒޯންގް

ބުރިޖު ހެދި ސީސީސީސީ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުން ބުރިޖު އެޅުމަށް ފަހު ދެ އަހަރު ވަންދެން ބުރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރާނީ އެ ކުންފުނިންނެވެ.

ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުންޏާ ޙަވާލުކޮށްގެން ހަދާފައިވާ ބުރިޖުގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫޢަށް ދިވެހި ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

ބުރިޖު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 30 ވަނަ ދުވަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް