ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 17:20
ރައީސް ނަޝީދު އަދި މިނިސްޓަރ އަލީ ވަހީދު
ރައީސް ނަޝީދު އަދި މިނިސްޓަރ އަލީ ވަހީދު
އެމްޑީޕީ
ރައީސް ނަޝީދު
ޓުއަރިޒަމް މިނިސްޓަރަށް ސަރވިސް ޗާޖް މައްސަލަ ހައްލުކުރެވޭނެ، އިތުބާރު އެބައޮތް: ނަޝީދު
 
ވިދާޅުނުވާ ބައެއް ވާހަކަތައް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައި
 
ރައީސް ނަޝީދު ވަނީ މިނިސްޓަރު ދިފާއުކުރައްވާފައި
 
ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދަށް މިނިމަމް ވޭޖާއި ސަރވިސް ޗާޖުގެ މައްސަލަ ޙައްލުކުރެވޭނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ވިދާޅުވެ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޓޫރިޒަމް މިނިސްޓަރ ދިފާޢުކުރައްވައިފިއެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަށީގެންވާ ސަރވިސް ޗާރޖް ރިސޯޓުތަކުންދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަަކުގެ އިތުރުން ޢާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން ޢަމާޒުވެފައިވާ ދަނޑިވަޅެއްގައި މަޖިލީހުގެ ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދަކީ އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަންކަމަށާއި އެމަނިކުފާނަށް އެމްޑީޕީގެ ސިޔާސަތު ސާފުވާނެކަމަށެވެ. ފާއިތުވެގެންދިޔަ 1 އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް ހެޔޮ ބަދަލު އަންނަން ފަށާފައިވާ ކަން ފާހަގަކުރައްވާ އެމަިނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ޓޫރިޒަމް މިނިސްޓަރަށް މިނިމަމް ވޭޖާއި ،ސަރވިސް ޗާޖުގެ މައްސަލަ ޙައްލުކުރެވޭނެކަމަށާއި މިނިސްޓަރަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަށީގެންވާ ސަރވިސް ޗާޖް ރިސޯޓުތަކުންދޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވެފައިވާ ކަމަށް މީޑިއާތަކުގަ ރިޕޯޓުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެމަނިކުފާނަށް ޢަމާޒުވެފައިވާއިރު އެމައްސަލައާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރު އަލީ ވަހީދު ރާއްޖޭގެ މީޑިއާތަކަށް ދެއްވި ޕްރެސް ކޮންފަރެންސްގައި އެމަނިކުފާނު ދެއްކެވި ބައެއް ވާހަކަތައް އެވިދާޅުވި މަފްޙޫމާއި ޚިލާފަށް އަދި ވިދާޅު ނުވާ ބައެއް ވާހަކަތައް ބައެއް މީޑިއާތަކުގައްޔާއި މީސް މީޑިއާތަކުގައި ދައުރުވަމުންދާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރވިސް ޗާޖާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާޢަތުގެ ގިނަ ރިޒޯޓުތަކުގެ ޕެރިޓީ (ދިވެހި: ބިދޭސީ މުވައްޒަފުންގެ ނިޞްބަތް) ރަނގަޅަށް އޮތް ކަމަށާއި، ސަރވިސް ޗާޖް ދޭ ޢަދަދުތައް ވެސް ފެންނަން އެބަހުރި ކަމަށެވެ. އަދި ސަރވިސް ޗާޖް ދިނުމުގައި ޢަމަލުކުރަނީ ރަނގަޅަށޭ ނުވަތަ ގޯހުންނޭ ސީދާ ވިދާޅުނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިނިސްޓްރީން ބުނީ ޖުމުލަ ގޮތެއްގައި މިހާރު ސަރވިސް ޗާޖުދޭ ގޮތާއިގުޅޭ ގޮތުން ހިތްހަމަޖެހޭކަން ނުވަތަ ނޫންކަން ސީދާ ވިދާޅުވެފައި ނުވާ ކަމަށެވެ.

ދިވެހި ވިޔަފާރިވެރިން ހިންގާ ގިނަ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް އެކަށީގެންވާ މުސާރައާ ސަރވިސް ޗާޖް ނުދޭ މައްސަލައަކީ އަބަދުވެސް ރިސޯޓް މުވައްޒަފުން ކުރަމުން އަންނަ ޝަކުވާއެކެވެ. ބައެއް ރިސޯޓުތަކުގައި ދިވެހި މުވައްޒަފުންނާއި ބޭރު މުވައްޒަފުންނާއި ދޭތެރޭ ފަރަޤުތަކެއް ގެންގުޅޭ ވާހަކަވެސް ވަރަށް ގިނައިން ދައްކައި އުޅެއެވެ. އެކަންތައްތަކަށް އަދިވެސް އެކަށީގެންވާ ޙައްްލެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
20%
0%
80%
0%
0%
ކޮމެންޓް