ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 15:56
ތ.ވިލުފުށި
ތ.ވިލުފުށި
ޓްވިޓަރ
ތ.ވިލުފުށި
ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރަމުންދާއިރު ކަންބޮޑުވާ ގިނަކަންތައްތަކެއް އެބަހުރި: ރަށު ކައުންސިލް
 
އެކަށީގެންވާ ސިއްހީ ޚިދުމަތެއް ނުލިބޭ
 
ވަޒީފާގެ ދަތިކަން ވަނީ ކުރިމަތިވެފައި
 
ރައްޔިތުން ތިބީ ޚިދުމަތްތަކަށް ފެންބޮވާގަނެފައި

ތ. ވިލުފުށީގެ އިގްތިސާދު ދަނީ އެއްދުވަހުން އަނެއް ދުވަހަށް ދަށަށް ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލްގެ ރައީސް ޙުސައިން ޢަބްދުއްސަލާމް ވިދާޅުވީ 2004 ވަނަ އަހަރުގައި އެރި ސުނާމީއަށްފަހު މިހާރު ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރަމުންދާއިރު ކަންބޮޑުވާ ގިނަކަންކަން އެބަހުރި ކަމަށެވެ.

ޙުސައިން ޢަބްދުއްސަލާމް ވިދާޅުވީ މިހާރު އެންމެ ކަންބޮޑުވާ މައްސަލައަކީ ރަށުގެ ރައްޔިތުން އެހެންތަންތަނަށް ދިރުއުޅުމަށް ބަދަލުވާތީ ކަމަށާއި، ބައެއް މީހުން އެރަށުގެ ރަޖިސްޓްރީން ވަކިވެފައިވާ ކަމަށެވެ. އަދި އެއްދުވަހުން އަނެއްދުވަހަށް އާބާދީދަށްވެ އިޤްތިޞާދު ދަށަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޙުސައިން ޢަބްދުއްސަލާމް ވިދާޅުވީ ރަށުގެ ރައްޔިތުން އެހެންތަންތަންނަށް ބަދަލުވަނީ ވެސް ރަށުން އެރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ އެކަށީގެންވާ މިންވަރަށް ނުލިބޭތީ ކަމަށާއި، ވަޒީފާ ނުލިބޭ ކަމަށެވެ. އަދި އައު ވަޒީފާތައް އުފެއްދުމުގައި ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޙުސައިން ޢަބްދުއްސަލާމް ވިދާޅުވީ ވިލުފުށި ކައިރީގައި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް ވެސް ތަރައްޤީ ނުކުރާ ކަމަށާއި، އެރަށްތަކުން ރަށުގެ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުކުރާ ކަމަށެވެ. ނަމަވެސް އެރަށްތަކަކީ ގިނަ އަހަރުތަކަށް ރިސޯޓުތައް ތަރައްޤީކުރުމަށް ސަރުކާރުން ކުއްޔަށްދީފައިވާ ރަށްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ޙުސައިން ޢަބްދުއްސަލާމް ވިދާޅުވީ ރައްޔިތުން ތިބީ ޚިދުމަތްތަކަށް ފެންބޮވާގަނެފައިވާ ކަމަށެވެ.

އެގޮތުން ރަށަށް ރަނގަޅު ފެންވަރެއްގައި ކަރަންޓުގެ ޚިދުމަތާއި، އެކަށީގެންވާ މިންވަރަށް ޞިއްޙީ ޚިދުމަތާއި، ދޯނިފަހަރު އެހެލުމަށް ބިމަކާއި، ފުޓްބޯޅަ ކުޅުމަށް ޚާއްސަ ދަނޑެއް ޒުވާނުން ބޭނުންވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ޙައްލެއް ބޭނުންވާ ކަމަށާއި، އަދި އޭޓީއެމްގެ ޚިދުމަތް ބޭނުންވާ ކަމަށް ވެސް ޙުސައިން ޢަބްދުއްސަލާމް ވިދާޅުވިއެވެ.

މިރަށުގަ ގެދޮރު ބިނާ ކުރީ 2007 ވަނަ އަހަރުގެ ބޯހިޔާވަހިކަމުގެ ސަރވޭއަށް ބެލުމަށްފަހު. މިއީ މިހާރު 2007 ވަނަ އަހަރެއް ނޫން ތެދެއްތޯ. ހާލަތު މުޅިން ބަދަލުވެފަ މިއޮތީ. އެހެންވީމަ ގެދޮރުގެ ދަތިން މިކުރިމަތިވަނީ. ރަށުން މީހުން އެހެން ރަށްތަކަށް ބަދަލުވިއަސް އެމީހުންނަށް ލިބިފަ ހުރި ގެއެއްގަ އެހެން ބަޔަކަށް ނޫޅެވޭނެއްނުންތޯ.
ހުސެއިންއަބްދުއްސަލާމް- ކައުންސިލްގެ ރައީސް
ވިލުފުށި އާބާދުކުރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ވިލުފުށީގެ ރައްޔިތުންނަކީ އަބަދުވެސް ތަރައްޤީއަށް ލޯބިކުރާ ރަށް ތަރައްޤީ ކުރުމަށް ރައްޔިތުން ރަށު ފެންވަރުގައި މަސައްކަތް ކުރާ ބައެއްކަން ފާހަގަކުރައްވައި ޙުސައިން ޢަބްދުއްސަލާމް ވިދާޅުވީ އެރަށުގައި ޤާއިމުކޮށްފައިވާ ސްވަރޭޖް ސިސްޓަމް ހަލާކުވެފައިވާ ކަމަށާއި، އެއީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި މިހާރު މިސިސްޓަމްއާ އެއްވެސް ފަރާތަކުން ޙަވާލުވާން ބޭނުންވާ ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޙުސައިން ޢަބްދުއްސަލާމް ވިދާޅުވީ ފާއިތުވެދިޔަ ސަރުކާރުން އެރަށް ތަރައްޤީ ކުރުމަށް މާބޮޑު އަހައްމިއްޔަތު ކަމެއް ނުދިން ނަމަވެސް އުންމީދު ކުރަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރާއެކު ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެހިގެންދާނެ ކަމަށެވެ. އަދި ތަރައްޤީއަށް ހިންގޭ މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށެވެ.

ތ. ވިލުފުށްޓަކީ 2004 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 26 ވަނަ ރާއްޖެއަށް އެރި ސުނާމީގައި އެއްކޮށް ސުންނާފަތިވި ރަށްތަކުގައި ހިމެނޭ އެއްރަށެވެ. ދިރިނޫޅެވޭ ވަރަށް ހަލާކުވި މިރަށް މިހާރު އާބާދުކުރުވުމަށް މިސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
50%
0%
0%
ކޮމެންޓް
28 ޑިސެންބަރ 2019 | ހޮނިހިރު 16:55
ޏިލަާމު
ވިލުފުށި ތަރައްގީ ކުރުން އެއީ ސަރުކާރުން ކުރާ ބޭކާރު ކަމެއް.