ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 15:46
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
ރާއްޖެ އެމްވީ
މާލެ ތޮއްޖެހުން
މާލޭގެ ކުލީގެ މައްސަލަ ހައްލުވާނީ "މަޖުބޫރީ" ހާލަތު ބަދަލުކޮށްގެން: އަލީ ހުސައިން
 
މާލޭގެ 63 ޕަސެންޓް މީހުން ދިރިއުޅޭނީ ކުއްޔަށް
 
ޕްރޮޖެޓްތައް އެހެން ސަރަހައްދުތަކަށް ގެންދަންޖެހޭ
 
މާލެ ތޮއްޖެހިފައިވާކަމަށް ގަބޫލު ކުރަންޖެހޭ

މާލޭގެ ކުލީގެ މައްސަލަ ޙައްލުވާނީ މާލޭގައި ދިރިއުޅެން ޖެހިފައިވާ "މަޖުބޫރީ" ޙާލަތު ބަދަލުކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެ އެވެ.

މެންބަރު ޢަލީ ޙުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މާލޭގެ ކުލީގެ މައްސަލަަ ޙައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުޑަކުރުމުން ކަމަށެވެ. އަދި މާލޭގެ ގެދޮރަށް އޮތް ޑިމާންޑު ދައްވާނޭ ގޮތް ހެދުމުން ކަމަށެވެ.

މީގެއިތުރުން ޢަލީ ޙުސައިން ވިދާޅުވީ، މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ޤަބޫލުކުރަންޖެހޭ ކަމަށާއި އަދި މާލެއަށް ތޮއްޖެހުން އިތުރުވާނެ މަޝްރޫޢޫތައް އެހެން ޞަރަޙައްދަކަށް ގެންދިޔުމުން މާލެ ތޮއްޖެހި، އަދި ކުލި ބޮޑުވާ މައްސަލައަށް ޙައްލެއް އަންނާނެކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

މާލޭ ތޮއްޖެހި، ކުލި ބޮޑުވެފައިވާ މައްސަލައަކީ، މާލޭގެ އިޖުތިމާޢީ ފޭރާންވެސް ވީރާނާވާން ދިމާވި އެންމެ ބޮޑު އެއް މައްސަލަކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ރާއްޖޭގައި އަދި ޚާއްޞަކޮށް މާލޭގައި، ބޯހިޔާވަހިކަން ބޭނުންވާ އެތައް ޢާއިލާތަކެއް ދިރިއުޅެމުން ދެއެވެ. ދަތި އުނދަގޫ ޙާލަތުގައި ވެސް ގިނަ ބަޔަކު މާލޭގައި ދިރިއުޅެންޖެހިފައިވަނީ، ތަޢުލީމާއި ވަޒީފާއާއި ޞިއްޙީ ޚިދުމަތްތައް ފަދަ ޚިދުމަތްތައް ރާއްޖޭގެ އެހެން ޞަރަޙައްދުތަކުން ނުލިބޭތީއެވެ.

މާލޭގެ އާބާދީގެ ގާތްގަނޑަކަށް 63 އިންސައްތަ މީހުން ދިރިއުޅެނީ ކުއްޔަށް ކަން ތަފާސްހިސާބުތަކުން އިނގެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
0%
50%
0%
ކޮމެންޓް