ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 23:18
ހދ. ކުޅުދުއްފުށީ
ހދ. ކުޅުދުއްފުށީ
ޓްވިޓަރ
ހދ. ކުޅުދުއްފުށީ
ހުރިހާ ކަމެއް ފުރިހަމަވެއްޖެ، ސިޓީއެއްގެ ދަރަޖަ ނުދޭތީ ކަންބޮޑުވޭ: ކުޅުދުއްފުށީ ކައުންސިލް
 
ކުޅުދުއްފުށީ ސިޓީއެއްގެ ދަރަޖަ ދޭން އެއްވެސް ހުރަހެއް ނެތް ކަމަށް ކައުންސިލުން މައުލޫމާތުދޭ
 
ކައުންސިލް އިންތިޚާބުގެ ކުރިން ސިޓީއަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ކައުންސިލުން ބުނި
 
2018 ވަނަ އަހަރުގެ ނޮވެމްބަރުގައި އާބާދީގައި 10،000 ހަމަވެފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދޭ

ހދ. ކުޅުދުއްފުއްޓަށް ސިޓީ އެއްގެ ދަރަޖަ ނުދޭތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ކުޅުއްދުފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދިއުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުން ކަމަށެވެ. އަދި ސިޓީއެއްގެ ދަރަޖަ ދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ހުރިހާކަމެއް ކުޅުދުއްފުށީގައި ފުރިހަމަ ވެފައިވާކަމަށް ލަތީފް ވިދާޅުވިއެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެރަށުގެ އާބާދީގައި 10،000 ހަމަވެފައިވާކަން ލަތީފް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ސިއްޚީ ޚިދުމަތާއި ފެނާއި ނަރުދަމާ އަދި ރަށުގެ ގިނަ މަގުތައްވެސް ތަރައްޤީ ކުރެވިފައިވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން ސިޓީއެއްގެ ދަރަޖަ ދިން ފުވައްމުލަކު ސިޓީއަށް ވުރެ ކުރެން މިރަށުގައި ވަނީ ރީޖަނަލް ހޮސްލިޓަލެއް އެޅިފައި. އައްޑޫ ސިޓީ އާއި ފުވައމުލައް ސިޓީގައިވެސް ހުރިހާ މަގުތަކެއް ނުހެދޭ ނަމަވެސް ވަނީ ސިޓީއެއްގެ ދަރަޖަ ދީފައި. ތަރައްޤީގެ މަޝްރޫޢުތަކަކީ އަބަދުވެސް ހުއްޓުމެއް ނެތި ކުރިއަށް ދާނެ މަޝްރޫޢުތައް.ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން މިހާރު އެއްވެސް ހުރަހެއް ނެތް.
ކުޅުއްދުފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން

ރައްޔިތުންގެ މި އެދުން މިއަހަރުގެ ޖެނުއަރީމަހު ރައީސް އިބްރާހިމް މުހައްމަދު ސާލޙާއި ހިއްސާ ކުރެއްވި ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ކުޅުދުއްފުށީ ސިޓީ އަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

މީގެއިތުރުން އެންމެފަހުން ބޭއްވި މަހާސިންތާގައި ވެސް ލާމރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއި އެކު އިންތިޚާބަށް އިއުލާން ކުރުމުގެ ކުރިން ދޭގޮތަށް ނިންމާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ކައުންސިލުން ވަނީ މި ސަރުކާރަށް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
20%
33%
0%
27%
0%
20%
ކޮމެންޓް
28 ޑިސެންބަރ 2019 | ހޮނިހިރު 17:09
ސީދާ
މިވެރިކަމުގައި ތިޔަކަންވެސް ކޮށްދެއްވާނެ ! ކޮންމެ ކަމެއްވެސް ލަސްކުރުވާ ގްރޫޕްތައް ވަރަށް ގިނަ ! އެއީ ވަކިބަޔަކަށް އެއްޗެއް ލިބުމަށް ނޭދޭ ޙަސަދަވެރި ބަޔަކު ހުރިހާ ދިމާއަކަށްވެސް އަތް ގަދަ ކޮށްގެން އުޅޭތީ ވާކަމެއް ! ރައީސަކަށް އެކަމެއް ނާންގަވާނެ ! އަދި ބައެއް މިނިސްޓަރުންނަށް ވެސް އޮންނާނީ އޮޅުވާލާފަ!

27 ޑިސެންބަރ 2019 | ހުކުރު 23:49
އިހުލާސްތެރިކަމާއެކު ދިން ވޯޓް
ތިލަދުންމަތީ މީހުންދެކެ ކޮންމެ ސަރުކާރަކުން ވެސްގަނަނީ އަމަށަކު ބިރެއް ބާރެއް ދޭން ޖެހިލުންވަނީ