ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 19:00
ތިލަދުންމައްޗަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާއި ގުޅޭގޮތުން ރައީސް ނަޝީދު ސްކައިޕް މެދުވެރިކުރައްވާ ލީޑަރޝިޕްގެ މެންބަރުންނާއި ބައްދަލުކުރައްވަނީ
ތިލަދުންމައްޗަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅާއި ގުޅޭގޮތުން ރައީސް ނަޝީދު ސްކައިޕް މެދުވެރިކުރައްވާ ލީޑަރޝިޕްގެ މެންބަރުންނާއި ބައްދަލުކުރައްވަނީ
އެމްޑީޕީ
އެމްޑީޕީ
ރައީސް ނަޝީދު ތިލަދުންމައްޗަށް ވަޑައިގަންނަވަނީ
 
ރައީސްގެ މި ދަތުރުފުޅުގައި އުތުރު މަހާސިންތާ ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައި
 
މި ދަތުރުފުޅު ކުރިއަށް ދާނީ ޖެނުއަރީ 13 އިން 15 އަށް
 
މި ދަތުރުފުޅަކީ ހއ. އަދި ހދ. ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންނަ މަހު ތިލަދުންމައްޗަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އެމްޑީޕގެ ލީޑަރޝިޕުން ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅަކީ މި ފެށޭ ޖެނުއަރީ މަހުގެ 13 އިން 15 އަށް ކުރައްވާ ޕާޓީގެ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ހއ. އަދި ހދ. އަތޮޅުގެ ހުރިހާ ރަށްތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސްގެ މި ދަތުރުފުޅުގައި ހދ. ކުޅުދުއްފުށީގައި ބާއްވާ އުތުރު މަހާސިންތާވެސް ހުއްޅުއްވައިދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި އެމްޑީޕީގެ ރައީސާއި ޕާޓީގެ ލީޑަރޝިޕްގެ މެންބަރުންގެ އިތުރުން އެދާއިރާތަކަށް ނިސްބަތްވެ ވަޑައިގަންވަނާ ރައްޔިތުންގެ މޖިލީހުގެ މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.

ރައީސް ނަޝީދު ތިލަދުންމައްޗަށް ކުރެއްވުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅަށް ތައްޔާރުވެވަޑައިގަތުމަށް މިވަގުތު މާލޭގައި ތިއްބެވި ޕާޓީގެ އިސް ފަރާތްތަކާއި ދާއިރާތަކުގެ މަޖިލިސް މެންބަރުންނާއި، ދާއިރާގެ ރައީސުންނާއިއެކު އިނގިރޭސި ވިލާތުގައި ހުންނަވާ ސްކައިޕް މެދުވެރިކުރައްވާ ބުރާސްފަތި ދުވަހުގެރޭ ވަނީ ބައްދަލު ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
67%
0%
33%
0%
0%
ކޮމެންޓް