ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 15:12
ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ޕްރޮގްރެސިވް ކޯލިޝަން
ކެމްޕޭން ޖަލްސާތައް ބާއްވަން ސްކޫލްތައް ދުލެއް ނުކުރަން: އެޑިއުކޭޝަން މިނިސްޓްރީ
 
ސިޔާސީ ހަރާކާތްތަކަށް ސްކޫލު ދޫނުކުރެވޭނެ: އެޑިއުކޭޝަން މިނިސްޓްރީ
 
އެމްޑީޕީގެ އެޖެންޑާ 19 މަހާސިންތާ ބާއްވާފައިވަނީ ހުރަވީ ސްކޫލުގައި
 
އިދިކޮޅުން އެދުނީ ރެހެންދި ސްކޫލުގައި ޖަލްސާއެއް ބާއްވަން

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ހުޅުމާލެ ރެެހެންދީ ސްކޫލުގައި ޖަލްސާ ބާއްވަން ހުއްދަ ނުދިނީ، ކެމްޕޭން ޖަލްސާއަކަށްވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޕީޕިއެމް/ޕީއެންސީން ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރަން ރެހެންދީ ސްކޫލުގައި ޖަލްސާއެއް ބޭއްވުމަށް ވަނީ އެދިފައެެވެ. އެކަމުގެ ތަފްސީލު ރާއްޖެ.އެމްވީއާ ހިއްސާކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ޖަލްސާ ބާއްވަން ވެގެން ރެހެންދި ސްކޫލުގައި އެދުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޕާޓީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުން ސިޔާސީ ހަރާކާތްތައް ހިންގުމަށް ސްކޫލް ތަންތަނާއި ތަކެތި ދޫނުކުރުމަށް މިނިސްޓްރީން ލަފާދީފައިވާތީ އިދިކޮޅުން ބާއްވާން އުޅުނު ހަރަކާތް ކުރިޔަށް ގެންދިޔުމަށް ސްކޫލު ހޯލު ދޫކުރެވެން ނެތް ކަމަށެވެ.

ސަރުކާރު މައި ކޯލިޝަން އެމްޑީޕީގެ އެޖެންޑާ 19 ބާއްވަން ހުރަވީ ސްކޫލް ދިން އުސޫލުން ޕީޕީއެމްގެ ހަރަކާތްތައް ބާއްވަން ރެހެންދި ސްކޫލް ދޫނުކުރުމަކީ އެއީ ލަދުވެތިކަމެއް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން ރާއްޖެ.އެމްވީއަށް ފޮނުއްވެވި މެސެޖެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އަމިއްލަ ހައިސިއްޔަތުން މީހުން ކެމްޕޭނު ހިންގަން އެއްވެސް އިރެއްގައި ސްކޫލުތައް ދޫނުކުރާ ކަމަށެވެ. އެމްޑީޕީއަށް ސްކޫލް ހޯލް ބޭނުންކުރުމުގެ ހުއްދަ ދެއްވީ، އެ ޕާޓީގެ ގައުމީ މަޖިލީހާއި ޕްރައިމަރީ ބޭއްވުމަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވާ އިވެންޓްތަކަށްވެސް ސްކޫލްތައް ދޫކުރާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރެހެންދި ސްކޫލުގެ ޕްރިންސިޕަލް ސިޓީ ލިޔެފައިވާ ގޮތުން އޮޅުން އަރާފައިވާ ކަމަށެވެ.

އިދިކޮޅުގެ ޖަލްސާއެއް ބާއްވަން ރެހެންދި ސްކޫލު ދޫކޮށްފައިނުވާއިރު، ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު، ސްކޫލްތަކުގައި ޖަލްސާ ބާއްވަން ހުއްދަ ނުދިން މައްސަލައިގައި އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޑީޕީން ބުނެފައިވަނީ މިހާރު އެ ޕާޓީން ސްކޫލުތަކުގައ ޖަލްސާތައް ބާއްވަނީ ކުއްޔަށް ހިފައިގެން ކަަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް