ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 13:07
މާލެ ސިޓީ މޭޔަރާއި ޑެޕިއުޓީ މޭޔަރ
މާލެ ސިޓީ މޭޔަރާއި ޑެޕިއުޓީ މޭޔަރ
ޝުއައިބް މުހައްމަދު އިގްބާލް
ފަތުރުވެރިންގެ ރެސްޓް ރޫމް
އަންނަ އަހަރުން ފެށިގެން ގެސްޓް ރިލޭޝަން ސެންޓަރުގެ ހިދުމަތް ލިބޭނެ: ސިޓީ ކައުންސިލް
 
މިތަނުގައި 7 އާންމު ފާހާނާ، 1 ހާއްސައެހީއަށް ބޭނުންވާ ފާހާނާ އަދި ފެންވަރާ ތަނާއި ރީތިވާ ތަން ހިމެނޭ
 
މިތަނުން ފަތުރުވެރިންނަށް މާލޭގެ ޓުއަރިސްޓް އޮޕަރޭޝަންގެ ހުރިހާ މައުލޫމާތެއް ލިބިގެންދާނެ
 
ގެސްޓް ރިލޭޝަން ސެންޓަރ ހުޅުވޭނީ ޖެނުއަރީ 1 ގައި

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން މަސްވެރިންގެ ޕާކުގައި ތަރައްޤީކުރި ރެސްޓްރޫމްގެ ހިދުމަތް އައު އަހަރު ފަށާ ދުވަހުން ފެށިގެން ލިބެމުންދާނެކަމަށް މާލެސިޓީ ކައުންސިލުން ބުނެފިއެވެ،

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ އެތަނަށް މުވައްޒަފުން ނެގުމުގެ މަސައްކަތްކަމަށާއި، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އެތަނުން ހިދުމަތް ލިބިގެންދާނެކަމަށެވެ. ޝަމާއު ވިދާޅުވީ އެ ހިދުމަތް ލިބުމުގައި، ފަތުރުވެރިންގެ އަތުން ނަގާނެ އަގެއް އަދި ކަނޑައަޅާފައި ނުވާކަމަށާއި އެކަމާއިމެދު މިހާރު މަޝްވަރާކުރަމުންދާކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝަމާއު ވިދާޅުވީ، މިހިދުމަތާއެކު ފަތުރުވެރިން އެންމެ ފުރަތަމަވެސް މަރުހަބާ ކިޔާނީ އެތަނުން ކަމަށާއި ހުރިހާ ކަމެއްވެސް ކުރިޔަށް ގެންދާނީ ވަރަށް ޕްލޭން ކުރެވިގެންކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ޓެންޓް ޖަހައިގެން ވަކި ސަރަހައްދެއްގައި ފަތުރުވެރިންނަށް ހިދުމަތް ދޭން ނުޖެހޭނެކަމަށާއި އެއްވެސް ފަރާތަކުން އެތަކުލީފެއް އުފުލަން ނުޖެހޭނެކަމަށް ޝަމާއު ވިދާޅުވިއެވެ. އަދި ފަތުރުވެރިން ދާން ބޭނުންވާ ކްޜޫޒް ލައިނާއަކަށްވެސް ޓިކެޓް ވިއްކުމަށް ވިޔަފާރި އުސޫލުން ކުއްޔަށް ދިނުމަށް 3 ކައުންޓަރ ހާއްސަ ކުރެވިފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ.

މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޝިފާ މީގެކުރިން ވިދާޅުވީ މިތަން ވެގެންދާނީ ފަތުރުވެރިން ލަފާ ފުރުމުގައި ވަރަށް މުހިންމު ތަނަކަށް ކަމަށާއި އެތަނުން ފަތުރުވެރިންނަށް ބޭނުންވާ މަޢުލޫމާތާއި މާލޭގައި ހުރި އާޘާރީ ތަންތަނާއި ކައިރި ރަށްރަށް ދަތުރުކުރާ ފެރީގެ މަޢުލޫމާތުގެ އިތުރުން މާލެއިން ދެވެން ހުންނަ ރަށްރަށުގެ މަޢުލޫމާތު އެތަނުން ލިބޭނެ ގޮތަށް ހަމަޖެހިގެންދާނެ ކަމަށެވެ.

މިއީ ފަތުރުވެރިންނަށް ޚާއްޞަކޮށްގެން މާލޭގައި ފުރަތަމަ ފަހަރަށް ހެދި ފާޚާނާ ބަރިއެވެ. 7 ފާޚާނާއާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ފެންވެރުމާއި ފާޚާނާ ކުރުމަށް ހަދާފާއިވާ ފާޚާނާއަކާއި 2 ފެންވަރާ ތަނާއި އަދި މޫނު ދޮވެ ރީތިވުމަށް ބޭނުންކުރެވޭނެގޮތަށް ހަދާފައިވާ ރެސްޓް ރޫމް ބައިގައި ކުޑަ އޮފީހަކާއި ވެއިޓިންގ އޭރިއާއެއް ހިމެނޭ ގޮތަށް ތަރައްޤީ ކުރި މިތަން ހިންގަން ނިންމާފައިވަނީ ބިޒްނަސް މޮޑެލްއަކަށް ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް