ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 12:43
ރާއްޖެއަށް ޒިޔާރާތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ތެރެއިން
ރާއްޖެއަށް ޒިޔާރާތްކުރި އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ފަތުރުވެރިކަމުގެ ސިނާއަތް
އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ
މިދިޔަ އަހަރާ އަޅާބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އިންޑިއާ މާކެޓުން
އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޔޫރަޕުން
ޖުމްލަ 1،531،531 ފަތުރުވެރިން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ

އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 145،047 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 90،474 ފަތުރުވެރިންނެވެ.

އިންޑިއާއިން ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވީ ކަމުގައިވީނަމަވެސް، މިއަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް އެގައުމުން ރާއްޖެއަށް 267،875 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 283،116 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ބައްރުތަކަށް ބަލާއިރު، އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޔޫރަޕުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޔޫރަޕުން 740،093 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ޔޫރަޕަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ތިން ގައުމަކީ ޖަރުމަންވިލާތް، އިޓަލީވިލާތް، އިނގިރޭސިވިލާތް، އިނގިރޭސިވިލާތް އަދި ރަޝިއާއިންނެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، މިއަހަރުގެ ހުރިހާ މަހެއްގައިވެސް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ ބަލާއިރު ވަނީ އިތުރުވެފައެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނޮވެމްބަރު މަހުގެ ނިޔަލަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 14.9 އިންސައްތައިގެ ކުރިއެރުމެކެވެ.

- ކޮމެންޓް