ކ. މާލެ
|
27 ޑިސެންބަރ 2019 | ހުކުރު 13:04
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ލޯކަލް ކައުންސިލް އިންތިހާބު
ކައުންސިލްތަކުގެ ބައެއް ގޮނޑިތަކަށް ފިރިހެނުންނަށް ކުރިމަތި ނުލެވޭ މައްސަލަ ކޯޓަށް
 
މައްސަލަ ހުށައަަޅަން ނިންމީ މޫސް އަންވަރު
 
ސިޓީ ތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް އީސީން ވަނީ ހާމަކޮށްފައި
 
ކައުންސިލް ތަކުގެ 33 ޕަސެންޓް ހާއްސަކުރަނީ އަންހެނުންނަށް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ ހިތަދޫ ބޭރުމަތި ދާއިރާއަށް ފިރިހެނުންނަށް ކުރިމަތި ނުލެވޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅަން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށް އެ މައްސަލަ ހުށައަޅަން ނިންމީ ޖުމްހޫރި ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ.

ހުށައެޅި މައްސަލައިގެ ތަފްސީލު ޓްވީޓަކުން ހާމަކުރަމުން މޫސާ އަންވަރު ބުނެފައިވަނީ، އޭނާ ނިސްބަށްވާ އައްޑޫ ސިޓީ ހިތަދޫ (ބޭރުމަތި) ތިން ދާއިރާއިން ސިޓީ ކައުންސިލް އިންތިހާބު ގައި ފިރިހެނުންނާ ވާދަ ނުކުރެވޭނެ ކަމަށް ބުނެ, އުފެދުމުގައިވެސް ބާތިލް ގާނޫނެއްގެ މައްޗަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ނިންމި ނިންމުމާއި ގާނޫނު ބާތިލްކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށައަޅަން ނިންމާފައިވާ ކަމަށެވެ.

މިހާރުވެސް އެ ދާއިރާގައި ހިމެނިވަޑައިގަންނަވާ އަންހެން ކައުންސިލަރަކީ ފިރިހެނުންނާއި ވާދަކުރާއްވައިގެން ހޮވިވަޑައިގެންނެވީ ކައުންސިލަރެއްކަން، މޫސާގެ ޓްވީޓްގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.

ހިތަދޫ މެދު ދާއިރާގެ ކައުންސިލް މެމްބަރަކީ އެމްޑީޕީއަށް ނިސްބަށްވެ ވަޑައިގަންނަވާ ޖަމްޝީދާ މުހައްމަދެވެ. އަސާސީ ހައްގެއް ކަމުގައިވާ މިނިވަންކަމާއިއެކު މަންދޫބުން އިހްތިޔާރު ކުރުމާއި އިންތިހާބުގެ ވާދަވެރި ކުރުމުގެ ހައްގު މުތުލަގަކޮށް، ގުރުއަތަކުން ފޭރި ގަތުމަކީ ގާނޫނީ ޖޯކެއް ކަމަށް ބުނެ އޭނާ ވަނީ ފާޑު ކިޔާފައެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާ ލާމަރުކަޒީ ގާނޫނުގައި 33 އިންސައްތަ ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. ސިޓީ ކައުންސިލްތަކުން ކަނބަލުންނަށް ހާއްސަކުރެވިފައިވާ ދާއިރާތައް ކަނޑައެޅިއިރު އައްޑޫ ސިޓީ-3 (ހިތަދޫ ބޭރުމަތި) ދާއިރާ ހާއްސަކޮށްފައިވަނީ ކަނބަލުންނަށެވެ.

އެކަމަކު އެ ދާއިރާ އެހެން ކަނޑައަޅާފައި އޮތަސް މޫސް އަންވަރު ނަގަނީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ ށ އަދި ނ އެވެ. އެ މާއްދާގެ ށ ގައިވާ ގޮތުން އިންތިހާބު ތަކުގައި އެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވެއެވެ. އަދި ނ ގައި ބުނެފައިވަނީ އެ މީހަކު އަމިއްލަ އަށް ނުވަތަ އެމީހަކު މިނިވަންކަމާއިއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވެއެވެ.

މި މައްސަލަ ކޯޓަށް ހުށައަޅަނީ ކޮންއިރަކު ކަމެއް، އިނގިރޭސިވިލާތުގައި ދިރިއުޅެމުންދާ މޫސާ އަންވަރު ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
79%
0%
17%
0%
4%
ކޮމެންޓް
27 ޑިސެންބަރ 2019 | ހުކުރު 20:12
ހަބީބު
ވަރައް ހުދުމުހުތާރު ގޮތެއްތިޔަވަނީ އަންހެނުންނައް ވަކި ގޮތެއް ނުހެދޭނެ ވާދަ ކޮއްގެން ކާމިޔާބު ކުރީމަ ނިމުނީ ހުރިހާ ގޮނޑިއެއްވެސް
27 ޑިސެންބަރ 2019 | ހުކުރު 14:47
ށަެެދބެ
ޢަތޮލުކައުންސިލްރްއީސް ކުރްންގެހޭމަަބޮދުމަސްކަތް