ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 22:59
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
ރާއްޖެ އެމްވީ
އިލެކްޝަންސް ކޮމިޝަން
ލޯކަލް ކައުންސިލް އިންތިޚާބުގެ ދާއިރާތައް ކަނޑައެޅުމުގަ އެއްވެސް ދާއިރާއަކަށް ޖިންސުގެ ތަފާތެއްނުކުރަން: އީސީ ޝަރީފް
 
ހުރިހާ ރައްޔިތުންވެސް މި އިންތިޚާނު ބޯއިކޮޓް ނުކޮށް ބައިވެރި ވުމަށް ވަނީ އެދިފައި
 
އައްޑޫސިޓީއގެ ގޮނޑިތަކަށް ބަދަލުއައިސްފައިވަނީ ސިޓީ އުފެދިފައިވާ ގޮތުންކަން ފާހަގަ ކުރެއްވި
 
މިބަދަލަކީ ޑިމްކްރަސީ ހަޔާތުގައި ފުރަތަމަ ސްޓޭޖެއްގައި އުޅޭ ބަޔަކު ގެންނަން ވަރަށް މުހިއްމު ބަދަލެއްކަމުގައި ވިދާޅުވި

އަންހެން ބޭފުޅުންނަށް ވަކި ގޮޑިތަކެއް ރިޒާވްކުރުމަށް ލާމަރުކަޒީ ޤާނޫނަށް ގެންނެވި ބަދަލަކީ ވަރަށް ތާރީޚީ ބަދަލެއް ކަމަށާއި، މިއީ ރާއްޖޭގައި ޖިންސުގެ ތަފާތު ކުރުމެއް ނެތްކަން މުޅި ދުނިޔެއަށް ހާމަކޮށްދިން ރަނގަޅު މިސާލެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ ޤާނޫނަަށް ގެނައި މި ބަދަލަކީ ހެޔޮ ހިތުން އިޚުލާސްތެރިކަމާ އެކު އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިންމެވި ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އަދި މިއީ ބަޔަކަށް ދެއްކުމަށް ޤާނޫނަށް ގެނައި ބަދަލެއް ނޫން ކަމާއި މި ބަދަލަކީ ހެޔޮހިތުން އަންހެނުން ސިޔާސީ މައިދާނަށް ނެރުމަށްޓަކައި ކުރި މުހިއްމު ކަމެއްކަމުގައި ދެކި، ހެޔޮހިތުން ބަލައިގަންނަން ޖެހޭނެ ކަމަށެވެ.

މިބަދަލަކީ ޑިމޮކްރަސީގެ ހަޔާތުގައި ޅަަފަތުގައި އުޅޭ ބަޔަކު ގެންނަން ވަރަށް މުހިންމު ބަދަލެއްކަމުގައި ޤަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިކަން ތަންފީޒު ކުރުމަށްޓަކައި ޤާނޫނުގައިވާ ގޮތުގެ މަތިން އެގޮތަށް ޢަމަލުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ގިނަ މީހުން ސުވާލު އުފެދިފައިވަނީ އައްޑޫ ސިޓީ އަށް ގޮނޑި ދީފައި ހުރި ގޮތުން ކަން ފާހަގަ ކުރައްވާ ޝަރީފު ވިދާޅުވީ އެހެން ދިމާވެފައިވަނީ އައްޑޫސިޓީއަކީ ޖޯގްރަފީގޮތުން އުފެދިފައިވާ ގޮތައް ބަލާއިރުވެސް، އެހެން ރަށްތަކާއި މުޅިން ތަފާތުކޮށް އޮތް ސިޓީ އަކަށް ވުމުން ކަމަށެވެ.

ވަރަށް ބޮޑު އެއް އާބާދީއެއް އޮވެފައި ކުދިކުދި އާބާދީތަކަކަށް ބެހިފައި އޮތް ރަށްތަކެއް އޮތް ސިޓީއެއް އައްޑޫސިޓީ އަކީ.ހުރިހާ ގޮތަކުންވެސް މާލެ ސިޓީއާއި ފުވައްމުލައް ސިޓީ އާއި އެހެން ހުރިހާ އާބާދީ ބޮޑު ރަށްތަކާއި އައްޑޫ ސިޓީ ތަފާތު ކަމަށް. ޤާނޫނުގައި އަންހެނުންނަށް ރިޒާވް ކުރެވިފައިވާ ގޮނޑި ކަނޑައެޅުމަށްޓަކައި ކަނޑައަޅާނެ ގޮތެއް ބުނެވިފައި މި އޮންނަނީ ގުރުއަތު ލައިގެން ނެގުމަށްފަހުގައި. އައްޑޫ ސިޓީއަށް ދިމާވެފައިވާ ގޮތަކީ ހަތަރު ރިންގަށް ބަހާލާއިރު ކޮންމެ ރިންގެއްގައި ތިން ދާއިރާ ލައިގެން ހަރިންގަށް ބަހާލައިގެން
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ޝަރީފު ވިދާޅުވީ ހުރިހާ ސިޓީތަކެއްގައި ގުރުއަތުލުމުގައި ގެންގުޅެނީ އެއް ނިޒާމެއް ކަމަށެވެ.އެ ންމެ ރަގަޅު ގޮތަކީ އޚުލާސްތެރި ނިޔަތަކާއި އެކު އެކަން ޤަބޫލުކުރުން ކަމަށާއި ސީޓުތައް ބަހާލެވިފައިވަނީ ދައުރު ވާގޮތަށް ވުމުން، ދެން އަންނަ ދައުރެއްގައި ކުރިން ސީޓު ނުލިބޭ ދާއިރާ ތަކަށް ސީޓު ލިބުމުގެ ފުރުޞަތު އޮންނާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

މިއީ ޤާނޫނު ހަދާ މަޖިލީހުން އިހްލާސްތެރި ނިޔަތަކާއި އެކު ކޮށްފައިވާ ކަމެއް ކަމަށާއި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މި އިންތިޚާބު ބޯއިކޮޓް ނުކޮށް އިންތިޚާބު އޮމާންކަމާއެކު ކުރިޔަށްގެންދިއުމަށް އެއްބާރުލުން ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާންމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް