ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 17:20
މާފުށި ޖަލު
މާފުށި ޖަލު
މިހާރު
މޯލްޑިވްސް ޕޮލިސް ސަރވިސް
އެއްވެސް އިރެއްގަ ޤައިދީއަކު އޮޅުމަކުން ދޫކޮށްފައެއް ނުވާނެ: ކަރެކްޝަންސް
 
އަޑު ފެތުރިފައިވާ ގޮތުން ދޫކޮށްލާފައިވަނީ 25 އަހަރުގެ ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހެއް
 
އެމްސީއެސް ގައި ޖާގަނެތުމުން އެމީހާ ހުރީ ދޫނިދޫ ކަސްޓޯޑިއަލް ގައި
 
ހައްޔަރު ކޮށްފައިވަނީ 41 އަހަރުގެ މީހެއް

މާލެ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދިޔަ މީހަކު އޮޅިގެން ދޫކުރެވުނު ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ދޮގުކޮށްފިއެވެ.

ކަރެކްޝަންސް އިން މިހެން ބުނީ މާލެ ޖަލުގައި 25 އަހަރުގެ ޙުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހަކު ދޫކޮށްލާފައިވާ ކަަމަށް އަޑު ފެތުރިފައިވާތީއެވެ. ކަރެކްޝަންސް އިން މިހެން ބުނި ނަމަވެސް، ޙުކުމް ތަންފީޒު ކުރުމަށް އެމްސީއެސް އިން އެދިގެން ފުލުހުން ވަނީ މީހަކު ހައްޔަރު ކޮށްފައެވެ.

ބުރާސްފަތި ދުވަހު ފުލުހުން މީޑިއާތަކަށް ފޮނުވާފައިވާ މެސެޖެއްގައި ބުނީ، ޙުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ ޙަވާލުކުރުމަށް އެދި ފުލުހުންނަށް ލިބިފައިވާ ކޯޓު ޢަމުރުގެ ދަށުން މި ހިނގާ މަހުގެ 11 ވަނަ ދުވަހު މ. މުލަކުން 41 އެއް އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު އޭނާ ދޫނިދޫ ކަސްޓޯޑިއަލް އަށް ޙަވާލުކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެމްސީއެސް ގައި ޖާގަ ނެތުމުގެ ސަބަބުން އެމީހާ ހުރީ އަދިވެސް ދޫނިދޫ ޖަލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
75%
25%
0%
ކޮމެންޓް
27 ޑިސެންބަރ 2019 | ހުކުރު 15:39
ާބަނަހީ
މުޅިން ވެސް ސުންބާ ގޮންގު.
26 ޑިސެންބަރ 2019 | ބުރާސްފަތި 19:01
ނިށް
ހަމަ ކަނޑައެޅިގެން ބޮޑު ދޮގެއް ތިހަދަނީ.. ކިތާބީ ހެކިވެސް އެބަހުރި