ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 12:54
އެމްޑަބްލިއުއެސްސީއިން ބެއްވި ޕްރެސްކޮންފަރެންސް
އެމްޑަބްލިއުއެސްސީއިން ބެއްވި ޕްރެސްކޮންފަރެންސް
އެމްޑަބްލިޔުއެސްސީ
އެމްޑަބްލިއުއެސްސީ
އަންނަ އަހަރުގެ ޖޫން 16 ވަނަ ދުވަހުގެ ކުރިން ބިލު ދައްކާ ފަރާތްތަކުގެ ޖޫރިމަނާ މާފުކުރަނީ
 
އިންޓްރެސްޓް ނަގަމުންދާ ގޮތް ވަނީ ސިމްޕަލް އިންޓްރެސްޓަށް ބަދަލުކުރެވިފަ
 
12 މަސް ބިލަށް ފައިސާ ނުދައްކާ 1700 އަށް ވުރެ ގިނަ ފަރާތެއް ހިމެނޭ
 
ގަވާއިދުން ބިލު ނުދައްކާ 13894 ފަރާތެއް ވޭ

މިހާރު ބިލު ނުދައްކާ ހުރި ފަރާތްތަކުން 16 ޖޫން 2020 ގެ ކުރިން ބިލު ދައްކައިފި ނަމަ އެފަރާތްތަކުގެ ޖޫރިމަނާ މާފު ކުރާނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީއިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ މިހާރު ބިލު ނުދައްކާ ހުރި ފަރާތްތަކުގެ ތެރެއިން އަންނަ އަހަރުގެ ޖޫން މަހުގެ 16ގެ ކުރިން، ބިލުގެ ފައިސާގެ އަދަދު ދައްކާ ފަރާތްތަކުގެ ޖޫރިމަނާއަށް އަރާފައިވާ ވަރު މާފުކުރާނެ ކަމަށެވެ.

އެހަދާދޭ ގޮތަކީ ފެނުގެ ބިލު މިއޮންނަނީ، ފެނަށް އަރާވަރާ ޖުރިމަނާ އަރާ ވަރާ، ފެނަށް އެރިވަރު އެއްކޮށް ދައްކައިފިއްޔާ، އެ ދުވަހެއްގެ ކުރިން ދައްކައިފިއްޔާ އަޅުގަނޑުމެން އެ ޖޫރިމަނާ އެއްކޮށް މާފުކުރާނަން. ހަމައެގޮތަށް ބިލެއްގައި ފެނަށް އަރާފައި އޮންނަ ވަރުގެ ތެރެއިން 50 ޕަސެންޓު ދައްކައިފިއްޔާ ޖޫރިމަނާގެ 50 ޕަސެންޓު މާފުކޮށްދޭނަން. އަދި ބާކީ އޮންނަ ބައި އަޅުގަނޑުމެން އިންސްޓޯލްމެންޓަކަށް ލައިގެން އެބޭފުޅުންނަށް ލުއި ގޮތެއް ހަދައިދޭނަން. އޭރަށް ދަރަނިވެރިވެފައި އެއްވެސް ބޭފުޅަކު ނޯންނާނެ
އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމް

އާޒިމް ވިދާޅުވީ އޭރަށް އޮންނާނީ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުންވެސް ހަދައިދޭނީ އެފަރާތަކަށް ލުއިވާ ގޮތަށް ކަމަށެވެ. އާޒިމް ވިދާޅުވީ އެމްޑަބްލިއުއެސްސީން ބާއްވަން ބޭނުންވަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތުގައި ޚިދުމަތް ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި ކަމަށެވެ. އާޒިމް ވަނީ ބިލު ނުދެއްކޭ ފަރާތްތަކަށް މި ރަނުގެ ފުރުސަތު ބޭނުން ކުރުމަށް ގޮވާލާފައެވެ.

މިގެއިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ގަވާއިދުން ބިލު ނުދައްކާ 13894 ފަރާތެއް ވާ ކަމަށެވެ. އަދި އެއްއަހަރަށް ވުރެ ގިނަ ދުވަހު ބިލަށް ފައިސާ ނުދައްކާ 1570 ފަރާތެއްވާއިރު 12 މަސް ބިލަށް ފައިސާ ނުދައްކާ 1700 އަށް ވުރެ ގިނަ ފަރާތެއް ހިމެނޭ ކަމަށެވެ. އަދި 2 މަހަށް ވުރެ ގިނަ ދުވަހު ފައިސާ ނުދެއްކި 4492 ފަރާތެއް ހިމެނޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިހާރު އިންޓްރެސްޓް ނަގަމުންދާ ގޮތް ވެސް ބަދަލުލިރެވިފައިވާ ކަމަށެވެ. ކުރިން އެމްޑަބްލިއެސްސީއިން ނަގަމުން ދިޔައީ ކޮމްޕައުންޑް އިންޓްރެސްޓްއެވެ. ނަމަވެސް އެގޮތަށް އިންޓްރެސްޓު ނެގުމުން ޖޫރިމަނާއަށް އަރާވަރު އިތުރުވުމުގެ ސަބަބުން އެ ކުންފުނިންވަނީ ސިމްޕަލް އިންޓްރެސްޓަށް ބަދަލުކޮށްފައެވެ. އާޒިމް ވިދާޅުވީ ދެން 'އިންޓްރެސްޓުގެ މައްޗަށް އިންޓްރެސްޓެއް ނާރާނެ' ކަމަށެވެ.

އާޒިމް ވަނީ ހުރިހާ ފަރާތްތަކަށް ވެސް 16 ޖޫން 2020 ގެ ކުރިން ބިލު ދައްކަވާނެ ގޮތުގެ މައުލޫމާތު ހޯދައި އެ އިންތިޒާމް އެ ކުންފުނި މެދުވެރިކޮށް ހަމަޖެއްސުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ބިލުތަކަށް އަރާ އަދަދު އިންސްޓޯލްމެންޓުގެ ގޮތުގައި ދައްކަން ބޭނުންވާނަމަ އެ ކުންފުނީގެ ކައުންޓަރުން އެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށާއި '105' އަށް ގުޅުމުން އިތުރު މައުލޫމާތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން މެދުވެރިކޮށްވެސް ބިލަށް ފައިސާ ދެއްކޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
14%
57%
0%
29%
0%
0%
ކޮމެންޓް