ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 11:50
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު
ރައީސް އޮފީސް
ރައީސް އޮފީސް
މާ ފާޅުކަންބޮޑު ގޮތެއްގައި ގައުމީ ސަލާމަތާ ގުޅޭ ކަންކަން ހާމަކުރާ ކަމަށް ބުނެ ފާޑުކިޔާ މީހުންނަށް ހޫދުގެ ރައްދެއް!
 
ހަނގުރާމައަށް ގޮސް ތިބި ދިވެހިންގެ އަދަދު ކޮންމެވެސް ވަރަކަށް އަންދާޒާކުރެވޭ ވަރަށް އެނގިފައިވާ ކަމަށް ވިދާޅުވި
 
ފުރަތަމަ މަރުހަލާއަކީ މައްސަލައެއް އުޅޭ ކަން ގަބޫލު ކުރުން ކަމަށް ވިދާޅުވި

ސަރުކާރުން މާ ފާޅުކަންބޮޑު ގޮތެއްގައި ޤައުމި ސަލާމަތާއި ގުޅޭ ކަންކަން ހާމަކުރަމުންދިއުމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ބުރުއަރާ ކަމަށް ބުނެ ސަރުކާރަށް ފާޑުވިދާޅުވާ ފަރާތްތަކަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ރައްދުދެއްވައިފިއެވެ.

އަންގާރަ ދުވަހު ރައީސްއޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ހޫދު ވިދާޅުވީ މައްސަލައެއް ޙައްލު ކުރުމުގެ އެންމެ ފުރަތަމަ މަރުޙަލާއަކީ މައްސަލައެއް އުޅޭ ކަން ޤަބޫލު ކުރުން ކަމަށެވެ. މިސާލެއް ނަންގަވަމުން ހޫދު ވިދާޅުވީ ސީރިއާ ނޫނީ އެހެންވެސް ބޭރުގެ ތަންތަނަށް ހަނގުރާމައަށް ގޮސް ތިބި ދިވެހިންގެ ޢަދަދު ކޮންމެވެސް ވަރަކަށް އަންދާޒާކުރެވޭ ވަރަށް އެނގިފައިވާ ކަމަށެވެ.

މި ވޭތުވެ ދިޔަ 7 ވަރަކަށް އަހަރު ދުވަހު އެކަމާއި ބަސްނުބުނެ ނޫނީ އެކަން ސިއްރުކޮށްގެން ތިބެނީ. އަސްލު ޑިނާޔަލްގަ މިތިބެނީ. ކަމެއް ހައްލު ކުރުމުގެ އެންމެ ފުރަތަމަ މަރުހަލާއަކީ މައްސަލައެއް އުޅޭ ކަން އެކްނޮލެޖު ކުރުން. އެކްން އަޅުގަނޑުމެން މިކުރީ. ރާއްޖޭގައި އެބައުޅޭ މައްސަލައެއް، ސަލާމަތީ ކަންތައްތަކާއި ގުޅޭ ގޮތުން. ހަރުކަށި ފިކުރުގެ މީހުން ގިނަވުމާއި، މިކަންކަމާއި ގުޅޭގޮތުން އެބައުޅޭ މައްސަލަ. އެހެންމަ އެންމެ ފުރަތަމަ ކަމަކީ މައްސަލައެއް އުޅޭ ކަމަށް މުޅިއަކުން އެކްނޮލެޖު ކުރުން"
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު

ހޫދު ވިދާޅުވީ މައްސަލައެއް އުޅޭ ކަމަށް ޤަބޫލު ނުކުރާ ކަމުގައި ވާނަމަ، މައްސަލައެއް ޙައްލެއް ނުކުރެވޭނެކަމަށެވެ. މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ "ޕީކް" ސީޒަން ކަމަށް ވާއިރު، ޤައުމީ ދިފާޢީ ބާރުން އެލަރޓް ޔެލޯ 2 ސްޓޭޓަސް ނެރުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށްފައިވެއެވެ. އެގޮތުން ހޫދު ވިދާޅުވީ އެ އެލަރޓު ނެރެފައިވަނީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ މިންވަރު ގިނަ ވުމުގެ ސަބަބުން ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
67%
0%
0%
33%
0%
ކޮމެންޓް