ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 12:01
ބްރިޖްމަތިން ބަޔަކު ދުއްވަނީ
ބްރިޖްމަތިން ބަޔަކު ދުއްވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ބްރިމަތިން ފުއްމާލަން އުޅުން
ބުރިޖުމަތީގައި ހެލްމެޓް ނާޅާ ދުއްވީ، މީހަކު ސަލާމަތް ކުރަން: ޕޮލިސް
 
އޭނާ ސަލާމަތްކޮށް، އޭޑީކޭއަށް ގެންދިޔަ
 
ބްރިޖް މަތިން ފުންމާލަން އުޅުނީ ނަފްސާނީ ބައްޔެއް ހުންނަ މީހެއް

ބުރިޖުމަތީގައި ދެ ފުލުހަކު ސައިކަލެއްގައި ހެލްމެޓް ނާޅާ ދުއްވީ، މީހަކު ސަލާމަތް ކުރުމަށް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ، މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މީހަކު ބުރިޖުމަތިން ފުއްމާލަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު، އެވަގުތު ބުރިޖާއި އެންމެ ކައިރީގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވަނީ، އެމަޖެންސީ ޙާލަތެއް އައުމުން، މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން ހެލްމެެޓް ނާޅާ ބުރިޖުމަތިން ދުއްވާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ހެލްމެޓް ނާޅާ އެ ދެ ފުލުހުން ބުރިޖުމަތިން ސައިކަލުއި ދިޔައީ، އެވަގުތު ޑިއުޓީގައި ހުރި ޑިއުޓީ އޮފިސަރުގެ ހުއްދައާ އެކުކަމަށެވެ. ފުލުހުން ބުނީ ބުރިޖުމަތިން ފުއްމާލަން އުޅުނު މީހާ، ވަގުތުން ހުއްޓުވާ، އޭނާއަށް ފަރުވާދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އަދި އޭނާގެ ޢާއިލާއާ ވެސް އޭނާ ޙަވާލުކޮށްފައިވާ ކަމަށެވެ.

ދެ ފުލުހަކު ހެލްމެޓް ބުރިޖުގަ ނާޅާ ސައިކަލެއްގައި ދުއްވާފައި ދިޔަ ދެ ފުލުހެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި ޢާންމުވުމާއެކު ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ޓްވީޓަރގައި ޢާންމުވެފައިވާ އެ ވީޑިއޯއާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އެހެން އެވީ ނަފުސާނީ ބައްޔެއް ތަޙައްމަލު ކުރަމުންދާ މީހަކު ބުރިޖުން ފުންމާލަން އުޅުނު ކަމުގެ މަޢުލޫމާތު ލިބުމުން ވީހާވެސް އަވަހަށް އެކަމަށް އެޓެންޑުކުރަން ޖެހުމުން ކަމަށެވެ.

ބުރިޖާއި އަދި ބްރިޖާ ގުޅިފައިވާ މަގުތަކުގައި އެކްސިޑެންޓްވުން ގިނަވުމުގެ ސަބަބުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިދިއަ މާރޗު މަހުން ފެށިގެން، ހެލްމެޓް އެޅުމަށް މަޖުބޫރުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް