ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 09:49
ރައީސް މައުމޫން އަދި ކާށިދޫ ދާއިރާގެ މެމްބަރު، މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު
ރައީސް މައުމޫން އަދި ކާށިދޫ ދާއިރާގެ މެމްބަރު، މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު
ގޫގުލް
ރައީސް މައުމޫނަށް ދިން ކަމަށް ބުނާ 29 މިލިއަން ރުފ
29 މިލިއަން ރުފިޔާ ނުދީފިނަމަ ކިނބިގަސްދޮށުގެ ނަގަން ހުށަހެޅި މައްސަލަ ކޯޓުގައި ފަށައިފި
 
މައްސަލައިގެ ލިޔެކިޔުންތައް ރައީސް މައުމޫންގެ ވަކީލުންނާ ވަނީ ހަވާލު ކުރައްވާފައި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ނުދެއްކިއްޖެ ނަމަ، ރައީސް މައުމޫންގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ ނަގައިދިނުމަށް އެދި ޖާބިރު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލޮއިޝަން މަރުޙަލާ ކުރިއަށް ގެންގޮސްފި އެވެ.

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަނަކީ، ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، ދަޢުވާ ކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތުގައި ވާހަކަ ދެއްކެވި، ދެ ފަރާތުން އެއްބަސްވެވޭ ގޮތަކަށް މައްސަލަ ނިންމުމަށް، ބާރުއެޅުމުގެ ގޮތުން އެކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ފުރަތަމަ މަރުޙަލާ އެވެ. އެގޮތަށް ހުށަހެޅޭ މައްސަލަތަކުގައި ދެ ފަރާތަށް އެއްބަސްނުވެވޭ ނަމަ ދެން އެމައްސަލަ ފޮނުވާނީ ޝަރީޢަތުގެ މަރުޙަލާ އަށެވެ. އަދި ދެން އެމައްސަލާގައި ގޮތެއް ނިންމާނީ ޝަރީޢަތުން ނެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި މިހަފުތާގެ އާދިއްތަ ދުވަހު، ޖާބިރު، ރައީސް މައުމޫނާ ދެކޮޅަށް ހުށަހައްޅުއްވާފައިވާ މައްސަލައިގެ، ޑިސްޕިއުޓް ރިޒޮލޮއުޝަން މަރުޙަލާ ފަށައި، މައްސަަލައިގެ ލިޔެކިޔުންތައް ވަނީ ރައީސް މައުމޫން ޤާނޫނީ ވަކީލުންނާ ޙަވާލު ކުރެވިފަ އެވެ.

ރާއްޖެއެމްވީއަށް ކުރިން ދެއްވި އިންޓަވިއުއެއްގައި މެންބަރު ޖާބިރު ވިދާޅުވެފައިވަނީ އެ ފައިސާ ރައީސް މައުމޫނަށް ދެއްވީ ޑިމޮކްރެސީ އަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ކަމަށެވެ. ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް ދެއްވި ފައިސާ އަނބުރާ އިންޓަރެސްޓާ އެއްކޮށް ދެއްވާނެ ކަމަށް ވިދާޅުވިކަމަށެވެ. ރައީސް މައުމޫނަށް ސިޔާސީ ގޮތުން ލިބިލައްވާ ފައިސާއިން 50 އިންސައްތަ ޖާބިރަށް ދެއްވާނެ ކަމުގެ ޔަޤީންކަން އެރުވިކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.

މެންބަރު ޖާބިރު ވަނީ 29 މިލިއަން ރުފިޔާ ދެއްކުމަށް ޙުކުމްކޮށްދިނުމަށް ސިވިލް ކޯޓުގައި އެދިފައެވެ. އަދި އެ ފައިސާ ނުދެއްކިއްޖެ ނަމަ މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގެ ނަގައިދިނުމަށް ޙުކުމްކޮށްދިނުމަށްވެސް އެދިފައިވެއެވެ.

ޖާބިރު އެންމެ ފުރަތަމަ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން، ހެކި ހުށަހަޅާފައި ނެތްކަމަށް ބުނެ ފުލުހުން ބަލައިގަނެފައެއް ނުވެއެވެ. ނަމަވެސް ފަހުން ޖާބިރު އެ މައްސަލަ ހުށަހެޅުއްވީ ހެއްކާއިވެސް އެކުގައެވެ. ނަމަވެސް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނެގުމަށް ޖާބިރުގެ މަންމަ މަރިޔަމް މަނިކެ އެގޮތަށް އެދިލެއްވުމުން މައްސަލަ އަނބުރާ ނެންގެވިއެވެ. ޖާބިރު ވިދާޅުވާ ގޮތުންނަމަ ޖާބިރުގެ މަންމާފުޅާއި ރައީސް މައުމޫނާ ދެމެދު ގާތް ގުޅުމެއް އޮވެއެވެ. އެ މައްސަލައާ ގުޅިގެން މައުމޫންގެ މައްޗަށް ދަޢުވާ ކުރައްވަން ބޭނުންނުވާ ކަމަށް ވެސް އޭރު ޖާބިރު ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން ވަނީ 29 މިލިއަން ރުފިޔާ ޖާބިރު ދެއްވި ކަމަށް ބުނާ މައްސަލަ ދޮގުކުރައްވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
70%
0%
0%
25%
5%
0%
ކޮމެންޓް
25 ޑިސެންބަރ 2019 | ބުދަ 19:15
ސީދާ
ނުޙައްޤުން އަނެކުންގެ ޙައްޤުތަކަށް އަރައިގަތުމަކީ ﷲގެ ލަޢުނަތް ލިބިގެންވާ ބޮޑުފާފައެއްކަން ތިބާއަށް ފަހެ ނޭނގެނީ ހެއްޔެވެ. ތާއަބަދު ތިބާ ދިރި ދެމިގެން ނުވާނެކަމާމެދު ޝައްކުކުރަނީ ކީއްވެ ބާއޭ ހިތަށްއަރާ ދުނިޔޭގެ ކޯޓްތަކުގެ އަދަބަށްވުރެ އާޚުރަތުގެ ޝަރީޢަތް މާ އިންސާފުވެރި ވެފައި އަދަބުވެސް އޮޅުވާލުމާ މަކަރާ ޙީލަތަށް އަދި އެހެނިހެން ކުށްތަކަށްވެސް ލިބޭއަދަބު ބޮޑުވާނެކަން ނުދަންނަނީހެއްޔެވެ. އެ އިންސާފުގެ ކުރިމަތީގައި ދަޢުވާލިބޭ ފަރާތަކަށް ތިބާވީ ހިނދު ހެކިވެރިންގެ ގޮތުގައި ވާނީވެސް ތިބާގެ ގުނަވަންތަކެވެ. އެހެން އެއްވެސް މީހެއްގެ އެހީއެއް މަދަދު ވެރިކަމެއް ނޯންނާނެކަން ދަންނަ ހުއްޓެވެ.