ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 09:29
މުހައްމަދު މޫސާ (އުއްޗު)
މުހައްމަދު މޫސާ (އުއްޗު)
ރާއްޖެއެމްވީ
ފަށާއިރު
ޓެކްސް ނަގަން ސަރުކާރަށް މަޖުބޫރުކުރަނީ ރައްޔިތުން، އެއީ ނަގަންޖެހޭ އެއްޗެއް:އުއްޗު
 
ރާއްޖެ މިހާހިސާބަށް އައީ ކުރީ ސަރުކާތުތަކުގެ ސަބަބުން ކަމަށް ވިދާޅުވި
 
ޓެކްސްއަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ނަގަންޖެހޭ އެއްޗެއް ކަމަށް ވިދާޅުވި
 
ޓެކްސް ނަގަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމުގެ ގޮތުން ކަމަށް ވިދާޅުވި

ޓެކްސް ނަގަން ސަރުކާރަށް މަޖުބޫރުކުރަނީ ރައްޔިތުން ކަމަށާއި އެއީ ނަގަންޖެހޭ އެއްޗެއް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އުއްޗު ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ އަތުން ޓެކްސް ނަގަން މަޖުބޫރު ކުރުވަނީ ހަމަ އެ ރައްޔިތުން ކަމަށެވެ. އަދި ޓެކްސް ނަގަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމުގެ ގޮތުން ކަމަށް ވެސް އުއްޗު ވިދާޅުވިއެވެ.

ސަރުކާރެއް ލައްވާ ޓެކްސް ނަންގަނީ ރައްޔިތުން. ސަބަބަކީ އަޅުގަނޑުމެން ސަރުކާރަށް އެބަ ދަންނަވަން، މިސާލަކަށް ބައްލަވާ ހެލްތަށް. އަޅުގަނޑުމެން ހުރިހާ ރަށްރަށުގައި ހުރި ހެލްތު ސެންޓަރު ތަކާއި، 1957 އެންމެ ޑޮކްޓަރެއް ރާއްޖޭގައި. އޭރު އާބާދީގައި ވަރަށް ކުޑަ އާބާދީއެއް އޮންނާނީ. އެކަމު މިހާރު ހުރިހާ ހެލްތު ސެންޓަރުތަކާއި ހުރިހާ ހޮސްޕިޓަލްތަކާއި ހުރިހާ އެއްޗެއް އެއްކޮށްލާފައި ޑޮކްޓަރުންނާއި އެކު އެއްކޮށްލާއިރު ސިންގަޕޫރަށް ވުރެ ބޮޑުވާނެ. ކާރުބާރު ބޮޑުވާނެ. އެކަމަކު އަޅުގަނޑުމެންގެ ރަށްތައް މިހިރަ ގޮތުން ކޮންމެ ރަށަކަށް ހޮސްޕިޓަލެއް، ކޮންމެ ރަށަކަށް އޮޕަރޭޝަން ތިއޭޓަރު ތަކެއް ބޭނުންވޭ. އަޅުގަނޑު އެދެނީ. އެދުނީމާ އެކަން ނުކޮށްދީ ލަސްވެއްޖިއްޔާ އަޅުގަނޑުމެން އަނެއްކާ ޕްރެސް ކުރަނީ، އަޅުގަނޑުމެން ރައްޔިތުން ސަރުކާރަށް، އެހެންވީމާ ސަރުކާރުން ކޮންތާކުންތޯ ލާރިހޯދާނީ؟ ސަރުކާރުން އެބަޖެހޭ ނަގަން، ކޮންމެވެސްތާކުން. ނަގައިގެން ނޫނި ކިހިނެއް އެކަމެއް ކޮށްދެނީ؟
މުހައްމަދު މޫސާ (އުއްޗު)

އުއްޗު ވިދާޅުވީ ޓެކްސްއަކީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ނަގަންޖެހޭ އެއްޗެއް ކަމަށެވެ. ރައްޔިތުންގެ ޑިމާންޑުތައް މަތިވަމުންދާ ވަރަކަށް ސަރުކާރަށް އެކަންކަން ކޮށްދިނުމުގެ ޕްރެޝަރ ބޮޑުވާނެ ކަން ފާހަގަކުރައްވާ އުއްޗު ވިދާޅުވީ ސަރުކާރަށް އެ ފައިސާ ނުލިބޭނަމަ ޖެހޭނީ ބޭރު ޤައުމުތަކުން ދަރަންޏަށް ފައިސާ ނަގަން ކަމަށެވެ.

" ޓެކްސްއަކީ ރައްޔިތުން އެނގިގެން ނަމަވެސް، ނޭނގިނަމަވެސް ނަގާށޭ ބުނީމަ ސަރުކާރުގައި ތިއްބަވާ ބޭފުޅުން، ކޮންމެ ސަރުކާރެއް އޮތަސް، އެކަން ގިނައިން އަހަރުމެން ޑިމާންޑު ކުރާ ވަރަކަށް އެބޭފުޅުން ގިނައިން ކުރަންޖެހޭނެ. ދެން އެހެން ނުވެއްޖިއްޔާ އަޅުގަނޑުމެން ޖެހޭނީ ބޭރުގައުމުތަކުން ނަގަން. އެއީ އަޅުގަނޑުމެން ހަލޭ ލަވާތީ. ދަރަނި، ދަރަނި، ސަރުކާރުން ނަގާނީ، އެއީވެސް އަޅުގަނޑުމެން އަމިއްލަ ފްލޯއެއް. ކޮންމެ ސަރުކާރެއް އޮތަސް އަޅުގަނޑުމެން ޖެހޭނެ އެކަން ކުރަން."
މުހައްމަދު މޫސާ (އުއްޗު)

އިތުރަށް އުއްޗު ވިދާޅުވީ ކުރީ ސަރުކާރަށް ފާޑުކިޔާ މަންޒަރު ފެންނަ ކަމަށެވެ. ނަމަވެސް ދަންނަން ޖެހޭ ހަޤީޤަތަކީ ރާއްޖެ މިހާހިސާބަށް އައީ އެ ސަރުކާތުތަކުގެ ސަބަބުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
6%
24%
0%
21%
3%
47%
ކޮމެންޓް
25 ޑިސެންބަރ 2019 | ބުދަ 13:06
ތިމަންނަ
"ދަންނަން ޖެހޭ ހަޤީޤަތަކީ ރާއްޖެ މިހާހިސާބަށް އައީ އެ ސަރުކާތުތަކުގެ ސަބަބުން ކަމަށެވެ." ވަރަށް ބަރާ ބަރު ވާހަކައެއް