ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 09:09
ދޯނި ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ
ދޯނި ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
މާފުށީ ކަނޑުއޮޅި ކައިރިން ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ
 
މި ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީން
 
ދޯނި ދިޔަވާން ފެށީ އިންޖީނު ހުއްޓުމާއި ގުޅިގެން
 
ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 03:00 ހާއިރު

ކ. ތިލަފުށްޓަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން ޙަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ވ. އަލިމަތާ ރިސޯޓުން ފުރައިގެން ކ. ތިލަފުށްޓަށް ދަތުރުކުރި " ރަންމުތް" ނަމަކަށް ކިޔާ ދޯންޏެއް، މާފުށީ ކަނޑުއޮޅި ކައިރިން ދިޔަވާތީ އެމްއެންޑިއެފުން ޙަރަކާތްތެރިިވި ކަމަށެވެ.

އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކުއަޑްރޮން އިން ޙަރަކާތްރިވިއިރު އެ ޙާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 03:00 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އަދި ދޯނި ދިޔަވާން ފެށީ އިންޖީނު ހުއްޓުމާއި ގުޅިގެން ކަމަށް ވެސް މަޢުލޫމާތު ލިވެއެވެ.

މި ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް