ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 03:35
ހިންނަވަރަށް އުދަ އަރަނީ
ހިންނަވަރަށް އުދަ އަރަނީ
ސޯޝަލް މީޑިއާ
ހިންނަވަރު
ހިންނަވަރަށް އުދައަރައިފި
 
ހިންނަވަރަށް އުދައަރަންފެށީ އަންގާރަ ދުވަހުގެރޭ 22:15 ހާއިރުގަ

ޅ. ހިންނަވަރަށް އުދައަރައިފި އެވެ.

ހިންނަވަރަށް އުދައަރަންފެށީ އަންގާރަ ދުވަހުގެރޭ 22:15 ހާއިރުގައެވެ.

ހިންނަވަރު ރައްޔިތެއް ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ބުނީ އުދަ އެންމެ ބޮޑަށް އަރަނީ ހިންނަވަރު ސިއްހީ މަރުކަޒާއި ހިންނަވަރު އިންޖީނުގެ އާއި ދިމާލުގެ އިތުރުން ހިންނަވަރު ބަނދަރުގެ (ސުނާމީ ބަނދަރު) ހަލާކުވެފައިވާ ހިސާބަށް ކަމަށެވެ. ނަމަވެސް މިހާރު ބަނދަރުގެ ހަލާކުނުވާ ފަޅިންވެސް އުދަ އަރަމުންގެންދާ ކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން އޭނާ ބުނީ ސިއްހީ މަރުކަޒާއި ދިމާލުން އުދައިގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި ލޮނުގަނޑު މިހާރު ބައެއް ގެތަކާއި ހިސާބަށް ކޮށްފައިވާ ކަމަށެވެ.

މިއީ މިފަހުގެ ތާރީހުގައި ހިންނަވަރަށް މިގޮތަށް އުދަ އެރި ފުރަތަމަ ފަހަރެވެ. ނަމަވެސް އިރުވައި މޫސުމުގައި ހިންނަވަރަށް އުދައިގެ އަސަރު ކޮންމެސްވަރަކަށް ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
8%
0%
92%
0%
0%
0%
ކޮމެންޓް
25 ޑިސެންބަރ 2019 | ބުދަ 08:37
ވިއްސާރަ
އަދި ކިރިޔާ އުދައެއް މިފެނުނީ (: