ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 01:37
ޕާމް ބީޗް އައިލެންޑް ރިސޯޓްގެ ގުދަނެއްގައި އަލިފާން ރޯވެގެން
ޕާމް ބީޗް އައިލެންޑް ރިސޯޓްގެ ގުދަނެއްގައި އަލިފާން ރޯވެގެން
އެމްއެންޑީއެފް
އަލިފާން
ޕާމް ބީޗް އައިލެންޑް ރިސޯޓްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި
 
ގުދަނުގެ ދެބައި ކުޅަ އެއްބައި އެއްކޮށް އަނދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނޭ
 
ރޯވެފައިވާ ގުދަނަކީ ޓިނުން ހިޔާކޮށްފައި ހުރި ހިކި ފަން ރައްކާކުރުމަށް ބޭނުންކުރާ ގުދަނެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދޭ

ޕާމް ބީޗް އައިލެންޑް ރިސޯޓްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ޕާމް ބީޗް ގައި ހިކި ފަން ރައްކާކޮށްފައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ނޮދާން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެގުދަނަކީ ޓިނުން ހިޔާކޮށްފައި ހުރި ހިކި ފަން ރައްކާކުރުމަށް ބޭނުންކުރާ ގުދަނެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އަދި ގުދަނުގެ ދެބައިކުޅަ އެއްބައި އެއްކޮށް އަނދާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މިހާދިސާގެ ރިޕޯޓް ނައިފަރު ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިރޭ 22:54 ގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި އަލިފާން ނިއްވާލީ އެ ރިސޯޓްގެ މުވައްޒަފުންކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް