ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 23:02
ސިފައިންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ
ސިފައިންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
އެލަރޓް ލެވެލް މަތިކުރީ ކަނޑައެޅިގެން ވަކި ނުރައްކަލެއް އޮވެގެނެއް ނޫން: އެމްއެންޑީއެފް
 
މިއާއެކު ހަތިޔާރާއެކު އެމްއެންޑީއެފުން ހަރަކާތްތެރިވާނެ
 
އެލާޓް ސްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް
 
އެލާރޓް މަތިކުރީ ވަކި ނުރައްކަލެއް އޮވެގެނެއް ނޫން

އެލަރޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް ނެރުނީ ކަނޑައެޅިގެން ވަކިނުރައްކަލެއް އޮވެގެނެއް ނޫންކަމަށް ގައުމީ ދިފާއި ބާރުން ބުނެފި އެވެ.

އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާކުރަމުން އެމްއެންޑީއެފުން ބުނެފައިވަނީ، ސިފައިންގެ އެލާޓް ލެވެވަލް އާދައިގެ ލެވަލް އަށްވުރެއް އެއްލެވަލް މަތިކުރެވިފައިވާކަމަށާއި އެއީ ފަހަރެއްގައިވެސް ކަނޑަ އެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތްރެޓެއް އޮވެގެން އެޅިފިޔަވަޅެއްނޫން ކަމަށެވެ. އެމްއެންޑީއެފުން ބުނެފައިވަނީ އެލާޓް ސްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށްކަމަށާއި އެއާއެކު އެއަރޕޯޓްތަކުގެ ސެކުރިޓީ ވެސް ވަނީ އިތުރަށް ވަރުގަދަކޮށްފައިވާކަމަށެވެ.

އެލާރޓް ސްޓޭޓަސް މަތިކޮށް އެމްއެންޑީއެފުން އެންމެ ފުރަތަމަ ބުނެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެކަމަށާއި މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދެވޭނެކަމަށެވެ. އަދި މިކަމަކީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއްކަމަށްވުމާއިއެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެ ކަމަށް ޔަޤީންކުރާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ސިފައިންގެ އާންމު ހާލަތުން އެހެންހާލަތަކަށް ބަދަލުކުރުމަށް "އެލާޓް" ސްޓޭޓަސް މަތިކުރުމަށް ވަކި ދަރަޖަތަކެއް އަމަލުކުރުމަށް އޮނަނަކަމަށްވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
86%
14%
0%
0%
0%
ކޮމެންޓް